ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 12:55
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯއަށް ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ
 
2018 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 58ރ. ބަހާފައިވޭ
 
3 ވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 95 މިލިއަން ރުފިޔާ
 
އަމާޒަކީ މިއަހަރުތެރޭ ކުންފުނީގެ ފައިދާ 500 މިލިއަން ރުފިޔާއަށް އިތުރުކުރުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ 55 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ 2019 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބުނު ކަމަށާއި، އެ ކުންފުނީގެ ޢަމާޒަކީ މިއަހަރުތެރޭ ކުންފުނީގެ ފައިދާ 500 މިލިއަން ރުފިޔާއަށް އިތުރުކުރުން ކަމަށެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން 3 ވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 95 މިލިއަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާރޓަރުގައި ލިބުނު 76.6 މިލިއަން ރުފިޔާއަށް ވުރެން 23 އިންސައްތަ އިތުރު ޢަދަދެކެވެ. 3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޢާމްދަނީގެ ގޮތުގައި ލިބުނީ 6.97 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 131 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.

އެސްޓީއޯ އިން 2018 ވަނަ އަހަރު ލިބުނު ފައިދާއިން ޙިއްސާއަކަށް 58ރ. ބަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
33%
33%
0%
0%
33%
0%
ކޮމެންޓް
16 ޖެނުއަރީ 2020 | ބުރާސްފަތި 14:26
ސަލީމް
އަމްރުއަށް ދަންނަވަން އޮތީ ޕެޓްރޯލް ވިއްކާފައި ބާކީ ދޭންޖެހޭ ވަކިލާރި ނުދޭ ވާހަކަ.
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ