ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 12:06
ރިންގް ރޯޑުގެ ބަންޕަރެއް
ރިންގް ރޯޑުގެ ބަންޕަރެއް
ސިމާހާ ނަސީމް
ރިންގް ރޯޑު
ރިންގް ރޯޑުގެ ބަންޕަރުތައް މަރާމާތުކުރަން ބެނުންވާ އިތުރު ސްޕެއަރއެއް ނެތް: ޝަމާއު
 
މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރެވޭނެ
 
ބަންޕަރުތަކުގެ ބައެއް ދިމަދިމާލުން އަޑިއަށް ގޮސްފައި ހުރީ

ރިންގް ރޯޑުގެ ބަންޕަރުތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރގެ ސްޓޮކެއް މިވަގުތު ނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ ރިންގް ރޯޑުގެ ބަންޕަރުތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ނުލިބިގެން އުޅެނީ ފައިސާގެ ދަތިކަމާ ހުރެ ކަމަށެވެ.

ޝަމާއު ވިދާޅުވީ، މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމާނާފައިވީ ނަމަވެސް، އެ ފައިސާ މިހާރު ބަޖެޓުގައި ހިމާނާފައިވަނީ ޕްލޭނިންގް މިނިސްޓްރީގެ ދަށުންކަމަށެވެ. އެހެންކަމުން، މަގުތައް ހެދުމުގެ ފައިސާ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދިފައިވާނެ ކަމަށާއި، ފައިސާގެ އިންތިޒާމު ހަމަޖެހިއްޖެނަމަ، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިންގް ރޯޑުގަ ހުރި ބައެއް ބަންޕަރުތަކުގެ ބައެއް ދިމަދިމާލުން އަޑިއަށް ގޮސްފައި ހުރުމުން އެ ޞަރަޙައްދުތަކުގައި ދުއްވާ އުޅަނދުތަކަށް ދުއްވާ ފަރާތްތަކަށް ވަނީ ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ.

މާލޭގެ ރިންގް ރޯޑު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގައި އީއައިއޭ ރިޕޯޓާއި ޚިލާފުވެފައި ވާތީ އީޕީއޭ އިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާ ވެސް ކުރިއެވެ. މާލޭގެ ރިންގު ރޯޑު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
16 ޖެނުއަރީ 2020 | ބުރާސްފަތި 13:24
މީ
ހޮޅިތަކުގެ މަތިން ހަދާ ފަހުރި ބްރޭކަރުތައް ކަމަކު ނުދޭ. ޢޭގެން ފައިބާއިރު ބުރަކައްޓަށް ތަދުވޭ. ފއިބާއިރު ކަޅު ކުލައިގަ އިންނަ އެތި ސަކރާތީ. ހަމ އެކަނި ދަރުބާރުގެ ރަނގަލީ.