ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 13:30
ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެެރެއިން
ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެެރެއިން
ޓްވިޓަރ
ބްރޯޑްކޮމް
ޑައިމަންޑް އުތުރުގާ ރިސޯޓުގައި 'ސްޕެލެންޑަރ' ކުންފުނިން ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓް ކޮށްފައިވާތީ 60،000ރ އިން ޖޫރިމަނާ ކޮށްފި
 
ރާއްޖޭގެ ޗެނަލްތަކާއި ބޭރުގެ ޗެނަލްތައް ހިމެނޭ ގޮތަށް 15 ޗެނަލެއް ދައްކާފައިވޭ
 
އެރިސޯޓުގައި 'ސްޕެލެންޑަރ' ކުންފުނިން ހިދްމަތް ދިނީ ލައިސަންސް ނެތި

ޑައިމަންޑްސް އުތުރުގާ ބީޗް ރިސޯޓުގައި ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމާ ގުޅިގެން އެ ރިސޯޓުގައި އެ ޚިދުމަތް ދެމުންދާ 'ސްޕެލެންޑަރ' ކުންފުނި 60،000ރ އިން ޖޫރިމަނާ ކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ބުނީ އެކޮމިޝަނަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ހުށަހެޅުނު މިމައްސަލައަކީ ޑައިމަންޑްސް އުތުރުގާ ބީޗް ރިސޯޓުގައި ކޭބަލް ޓީވީގެ ޚިދުމަތް ދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި، ރިސޯޓުގެ ޢާންމު ތަންތަނުގައާއި ސްޓާފް ޞަރަޙައްދުގައި އެއަރޓެލް ޑިޝް ޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ، އެކޮމިޝަނުން ހިންގި ތަހުޤީޤުން، އެ ރިސޯޓުގައި 'ސްޕެލެންޑަރ' ކުންފުނިން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދިވެހި ޗެނަލްތަކާއި، ސްޕޯޓްސް ޗެނަލްތަކުގެ އިތުރުން ސްޓަރ ޕެކޭޖްގެ ޗެނަލްތަކާއި އިތުރު އެހެން ޗެނަލްތައް ހިމެނޭގޮތަށް 15 (ފަނަރަ) ޗެނަލެއް ބޭނުންކޮށްގެން އެއަރޓެލް މެދުވެރިކޮށް ޚިދުމަތް ދެމުންދާކަމަށް ޑައިމަންޑްސް އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓްއިން، ކޮމިޝަނަށް ދީފައިވާ މަޢުލޫމާތާއި ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ، ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން މިހާތަނަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށްވާތީ، 'ސްޕެލެންޑަރ' ކުންފުނި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) ގެ މަގުން 15 ޗެނަލަށް 30,000ރ (ތިރީސް ހާސް ރުފިޔާ) އިން 'ސްޕެލެންޑަރ' ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ބްރޯޑްކޮމް އިން ބުނީ، ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 15 (ފަނަރަ) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދެމުންގޮސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 20 ވަނަ މާއްދާއާ ‘ސްޕެލެންޑަރ’، ޚިލާފުވެފައިވާ ކަމަށް ކަނޑައަޅާ، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 15 (ފަނަރަ) ޗެނަލަށް ޖުމުލަ 30,000ރ (ތިރީސް ހާސް ރުފިޔާ) އިން ‘ސްޕެލެންޑަރ’ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެހެެންކަމުން 'ސްޕެލެންޑަރ' ކުންފުނީގެ މައްޗަށް އެކު ޖުމުލަ 60,000ރ (ފަސްދޮޅަސް ހާސް ރުފިޔާ)ގެ ޖޫރިމަނާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށާއި، ލައިސަންސް ލިބިގެން މެނުވީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކުރިއަށް ނުގެންދިއުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް “ސްޕެލެންޑަރ” އަށް އެންގުމަށް، މި މައްސަލަ ބެލި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާ ކަމަށް ވެސް ބްރޯޑްކޮމް އިން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް