ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 07:54
ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދު
ރާއްޖެ އާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި
 
ޔޫރަޕްގެ ގައުމުތަކާއިއެކި އޮންނަ ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި
 
ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއި ބައްދަލުކުރެއްވި
 
ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމަސް ޕެޓްރިޗެކްއާ ބައްދަލުކުރެއްވި

ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ބައެއް އިސް އޮފިޝަލުންނާ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވަައި ދިވެހިރާއްޖެ އާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައިޒީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމަސް ޕެޓްރިޗެކް އާއި، ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއި ބައްދަލުކުރައްވާފައެވެ.

މިއީ މި ދެބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދެ ބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕްގެ ޤައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ރާއްޖެއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، ދިވެހިންނަށް ފަސޭހަކަމާއެކު ޔޫރަޕަށް ދަތުރުކުރުމުގެ ފުރުޞަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އަންގާރަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާވެސް ދިއްލީގައި ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް ހަލުވި ކޮށްދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. 2019 ޑިސެންބަރު 23 ވަނަ ދުވަހު، ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ ޤައުމަކަށް ވުމަށް މެންބަރު އެއްވެސް ޤައުމަކުން ދެކޮޅު ނަހަދާކަން ސެކްރެޓަރީ ޖެނެރަލްވަނީ އަންގަވާފައެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ވަނުމަށް ރަސްމީކޮށް ހުށަހެޅުމަށް އެކަމަނާ ވަނީ ދަޢވަތު ދެއްވާފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދިއްލީއަށް ވަޑައިގެންފައި މިވަނީ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ރައިޒީނާ ޑައިލޮގް 2020 ގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި