ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 08:18
ކާޖަލް އަގަރްވާލް
ކާޖަލް އަގަރްވާލް
ފިލްމީބީޓް
އިންޑިއަން 2
ފިލްމް ''އިންޑިއަން 2''ގައި ކާޖަލް އަގަރްވާލް، ފެންނާނީ 85 އަހަރުގެ މީހެއްގެ ރޯލުން
 
ފިލްމާއި މެދު ކާޖަލް ހުރީ ވަރަށް ޝައުގުވެރިވެފައި

ދެކުނު އިންޑިއާގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ޢާންމުންގެ މަޤުބޫލުކަން ހޯދާފައިވާ ބަޠަލާ ކާޖަލް އަގަރްވާލް، ކަމަލް ހަސަންގެ ''އިންޑިއަން 2'' އިން ފެންނާނީ 85 އަހަރުގެ އަންހެނެއްގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތަމަޅަ ޑައިރެކްޓަރ ޝަންކަރްގެ ''އިންޑިއަން 2'' ގައި ކާޖަލް ކުޅެން ހަމަޖެހިފައިވާ ރޯލާ ބެހޭ ގޮތުން އޭނާ ބުނީ، އެ ރޯލާ މެދު ވަރަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ކާޖަލް ބުނީ، ފިލްމުގެ ޝޫޓިން ފެބްރުއަރީ މަހު ފަށާނެ ކަމަށެވެ. މީގެ ކުރިން މި ކަހަލަ ރޯލެއް ކުޅެފައި ނުވަތީ މިކަން އޭނާ ސިފަކޮށްފައިވަނީ ވަރަށް ތަފާތު ކަމެއްގެ ގޮތުގައެވެ.

އެ ފިލްމުގެ އިތުރުން ކުރިޔަށް ހުރި ފްރޮޖެކްޓް ތަކާއި ބެހޭ ގޮތުން ކާޖަލް ބުނީ، އޭނާ މިހާރު ބޭނުންވަނީ ތަފާތު ކޮންޓެންޓް ތަކެއް ހޯދަން ކަމަށެވެ.

ކާޖަލް އަގަރްވާލް އަކީ ޢާންމުކޮށް ތަމަޅަ އާއި ތެލިގޫ ފިލްމުތައް ކުލެމުން އައި ފަންނާނެކެވެ. ކާޖަލް ކުޅެފައިވާ ހިންދީ ފިލްމު ތަކުގެ ތެރޭގައި ''ސިންގްހަމް'' ''ސްޕެޝަލް 26'' އަދި ''ދޯ ލަފްޒޯ ކީ ކަހާނީ'' ފާހަގަކޮށްލެވެއެވެ.

ކާޖަލް ދެން އެންމެ އަވަހަށް ފެނިގެންދާނެ ބޮލީވުޑް ފިލްމަކީ ސަންޖޭ ގުޕްތާގެ އެކްޝަން ކްރައިމް ފިލްމު 'މުމްބާއީ ސާގާ'' އެވެ.

އެ ފިލްމުގައި، ޖޯން އަބްރަަހަމް، އިމްރާން ހާޝްމީ، ޖެކީ ޝްރޯފް، ސުނިލް ޝެޓީ، ޕްރަތީކް ބައްބަރު، ގުލްޝަން ގްރޯވަރ، ރޮނިތް ރޯއި، ޝަރްމަން ޖޯޝީ، ޕަންކަޖް ތްރިޕާތީ، ސަމީރް ސޯނީގެ އިތުރުން އަމޯލް ގުޕްތޭ ފެނިގެންދާނެ އެވެ. 70 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ މި ފިލްމު ރިލީޒް ކުރަނީ މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް