ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 07:08
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ގެޓީ އިމޭޖަސް
ކަންގަނާ ރަނައުތް
ކަންގަނާގެ ޕްރޮޑަކްޝަން ކުންފުނި ލޯންޗުކޮށްފި
 
ލޯންޗު ކުރީ ބުދަ ދުވަހު

ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، މަނިކަރްނިކަ ފިލްމްސް ލޯންޗުކޮށްފިއެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ލޯންޗު ކުރިކަން ޓްވިޓަރ މެދުވެރިކޮށް އިޢުލާން ކުރީ އޭނާގެ ކޮއްކޮ ރަންގޯލީ ޗަންދެލް އެވެ. އެ ޓްވީޓްގައި ރަންގޯލީ ބުނީ، ކަންގަނާ މަސައްކަތް ކުރަނީ އެ ކުންފުނީގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެކުންފުނީގެ ޕްރޮޑަކްޝަނާއި، ޤާނޫނީ އަދި މާލީ ކަންކަން ބަލަހައްޓާނީ އަކްޝްތް އެވެ.

ކަންގަނާގެ ބޭބެ އަކްޝްތް އަކީ އެމެރިކާގެ ނިއުޔޯކް އެކެޑެމީން ފިލްމު ޕްރޮޑަކްޝަންސްގެ ދާއިރާއިން މަތީ ތައުލީމު ޙާޞިލުކޮށްފައިވާ މީހެކެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ލޯންޗު ކޮށްފައިވާއިރު، ކަންގަނާ އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އެވެ. އެ ފިލްމުގެ މައްސަލަތައް ބޮޑުވެ ފިލްމުގެ އަޞްލު ޑައިރެކްޓަރ ކްރިޝް ވަނީ ފިލްމު ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި