ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 21:50
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ރާއްޖެއެމްވީ
ހިމަބިހި
ވެކްސިން ނުޖަހާ ކުދިންގެ ދަފްތަރެއް އެކުލަވާލަނީ
 
މިހާތަނަށް ކުރި މަސައްކަތުން 48 ރަށެއްގައި މައުލޫމާތު ލިބިފައިވޭ

ވެކްސިން ނުޖަހާ ތިބި ކުޑަކުދިންގެ ދަފުތަރެއް އެކުވާލަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ މައްސަލާގައި ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ހަފުތާ ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ތިބި ކުދިންގެ މަޢުލޫމާތު އެއްކޮށް ދަފުތަރު އެކުލަވާލާ ނިމޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން 48 ރަށެއްގައި މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ގަސްތުގައި ވިޔަސް، އޮޅިގެންވިޔަސް، 18 އަހަރުގެ ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ ބެލުން. އުންމީދު ކުރަނީ މާދަމާ އެ ލިސްޓުގެ ބޮޑުބައެއް ނިންމާލެވޭނެ ކަމަށް،
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ދަފުތަރުގެ މަސައްކަތާއެކު ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާތަނަށް 1200 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އަމިއްލައަށް ބޭނުންވެގެން އައިސް ވެކްސިން ޖަހާ މީހުންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޞިއްޙީ ޚިދުމަތްދޭ މަސައްކަތްތެރިން ހިމެނޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
40%
0%
20%
40%
0%
0%
ކޮމެންޓް