ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 19:29
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް
ޓްވިޓަރ
އިރުވައި ކޮންފެރެންސް
ތިލަދުންމަތީގައި ޓްރާންސްޝިޕްމަންޓް ޕޯޓެއް ހެދުމުގެ ދިރާސާ ދަނީ ކުރަމުން: ފައްޔާޒު
 
އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ގުޅުންހުރި ޤައުމުތަކާއެކު ދަނީ ކުރިޔަށް
 
ޕޯޓު ގާއިމުކުރުމަށް 1 ބިލިއަން ޑޮލަރާއި 2 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޭނުންވޭ
 
ފެބްރުއަރީ މަސް ނިމޭއިރު ދިރާސާ ލިބޭނެ

ތިލަދުންމަތީގައި ޓްރާންސްޝިޕްމަންޓެއް ޕޯޓެއް ޤާއިމުކުރުމަށް ދިރާސާކުރުމުގެ މަސައްކަތް ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި، ތިލަދުންމަތީ ޞަރަޙައްދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ ޞަރަޙައްދުގައި ޓްރާންސްޝިޕްމަންޓް ބަނަދަރެއް ޤާއިމުކުރުމުގެ ވާހަކައަކީ ވަރަށް ކުރީއްސުރެ ވެސް ދައްކަމުން އަންނަ ވާހަކަ އެއް ކަމަށެވެ. އެހެންނަމަވެސް އެކަން މިހާތަނަށް ކުރެވިފައި ނެތުމުގެ ސަބަބުން އޭގެ އެންމެ ފުރިހަމަ ފައިދާ މިހާރު ނެގެން ނެތްކަމަށެވެ.

އެއީ މިޞަރަޙައްދާ ގުޅުންހުރި ގިނަ އެހެން ޕޯޓުތަކެއް މިހާރު ޤާއިމުވެފައި އޮތުމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން މިހާރު މި ޞަރަޙައްދުގައި ބަނދަރެއް ޤައިމުކުރުމަކީ ކިހާ ފައިދާ ހުރި ކަމެއްތޯ އާއި މިހާރުގެ ޙާލަތަށް ބަލާފައި އަދި އެންމެ ފައިދާ ނެރެވޭނީ ކޮންގޮތަކަށް ކުރީމަތޯ ބަލަން ބޭނުންފުޅުވާކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިސާލަކަށް އަދިވެސް އަޅުގަނޑުމެން ބަލާބެލުމުގައި ސީދާ ރޫޓަކަށް އަދިވެސް ހަމައޮތީ ދިވެހިރާއްޖެ. އެހެން ދިމަދިމާލަށް ދަންޏާ އަދިވެސް ކުޑަކޮށް ރޫޓް ބަދަލުކޮށްލައިގެން މިދެވެނީ . އެހެންވީމާ އެ ފައިދާ އެބައޮތް. ފެބްރުއަރީ މަސް ނިމޭއިރު އަޅުގަނޑުމެންނާ ހަމައަށް އެ ދިރާސާ ލިބޭނެ.
އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް

ފައްޔާޒު ވިދާޅުވީ ބަނދަރު ޤާއިމުކުރުމަށް 1 ބިލިއަން ޑޮލަރާއި 2 ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ބޭނުންވާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށް ވެއްޖެނަމަ ފަތުރުވެރިކަމަށް ވުރެ ވެސް މިކަމުން މާ ބޮޑަށް ފައިދާވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި މިކަމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ގުޅުންހުރި ޤައުމުތަކާއެކު ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އޭގެތެރޭގައި ސަޢޫދީ އަރަބިއްޔާ ، އިންޑިޔާ އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް ގެ އިންވެސްޓަރުންނާ ވާހަކަ ދައްކަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި، އުތުރުގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އައިހެވަން ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ރޭވިއެވެ. ނަމަވެސް އެ ޕްރޮޖެކްޓް ކުރިޔަށް ގެންދެވިފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
21 ޖެނުއަރީ 2020 | އަންގާރަ 09:32
ސިމާ
ތިބަނދަރު ހަދަން އެންމެ ރަނގަޅީ ކުމުންދޫގަ ބިންބޮޑު ބިޔަރަށެތް ހުރިހާ ކަމެތް ކުޅުދުށްފުށީގަ ކުރުން ހު އްޓާލްންޖެހޭ އަތޮޅުގެ އެހެން ރަށްތަށްވެސް ތަރަށްގީވާން އެބަޖެހޭ އެހެންނޫނީ މާލެޔަ އް ހިޖުރަކުރުން ނުހު އްޓުވޭނެ