ކ. މާލެ
|
22 މާރޗް 2017 | ބުދަ 18:04
އާލިޔާ ބަޓް: ފިލްމް ކުޅުމުގެ އިތުރުން ރީތި ލަވަތަކެއް ވެސް ވަނީ ކިޔާފައި
އާލިޔާ ބަޓް: ފިލްމް ކުޅުމުގެ އިތުރުން ރީތި ލަވަތަކެއް ވެސް ވަނީ ކިޔާފައި
ގޫގުލް
އާލިޔާ ބަޓް
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
 
އާލިއާއަކީ ފިލްމް ކުޅުމުގެ އިތުރުން ލަވަ ވެސް ކިޔާ ތަރިއެއް

ހަމައެކަނި އެކްޓެރެއްގެ ގޮތުގައި އާންމުންނަށް އެނގެން ބޭނުން ނުވާ ކަމަށް ގިނަ ބައެއްގެ ހިތްތައް ފަތަހަކުރަމުން އަންނަ ބޮލީވޫޑްގެ ތަރި އާލިއާ ބަޓް ބުނެފިއެވެ.

މަޝްހޫރު ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓްގެ ދަރިފުޅު އާއިލާ ބުނީ އޭނާއަކީ ތަފާތު އެކި ހުނަރު ހުރި މީހެއް ކަމަށާއި އެ ވާހަކަ އޭނާގެ މަންމަ ކައިރީގައި ވަރަށް ގިނައިން ދައްކާ ކަމަށެވެ. އެ ގޮތުން ޕްރޮޑިއުސަރެއްގެ ގޮތުގަ އާއި ލަވަކިޔުންތެރިއެއްގެ ގޮތުގަ އާއި ޓީވީގެ މީހެއްގެ ގޮތުގައި ނުވަތަ އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި ވެސް މީހުންނަށް އެނގެން ބޭނުންވާ ކަމަށް އާލިއާ ބުންޏެވެ.

ފިލްމްތަކުގައި މޮޅި އެކްޓިންއެއް ދެއްކުމުގެ ގޮތުން އޭނާ ވަނީ އޭނާގެ އަޑުން ރީތި ލަވަތަކެއް ވެސް ކިޔައިދީފައެވެ. އަދި އޭނާގެ ލަވަކިޔުމުގެ ހުނަރަށް ގިނަ ބަޔަކު ތައުރީފް ވެސް ކޮށްފައި ވެއެވެ.

"ބަދުރީނާތު ކީ ދުލްހަނިޔާ"ގެ ކާމިޔާބީ އަށް ފަހު އާލިއާ ހަ މަހުގެ ބްރޭކެއް ނަގާ ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވީ ނަމަވެސް އޭނާ ބުނީ އޭނާ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއެއް ނަގަނީ ކަމަށެވެ. އެ ގޮތުން އޭނާ ތަނަކަށް ދިޔަޔަސް ދާނީ ދިހަވަރަކަށް ދުވަހަށް ކަމަށް ވެސް އާލިއާ ބުންޏެވެ. އަދި ޗުއްޓީގައި ލަވަކިޔާ، ނަށާ، ކައްކާ އަދި އޭނާގެ ބުޅަލާ އެކު ވަގުތު ހޭދަކުރާނީ ކަމަށް ވެސް ބުނެފައި ވެއެވެ.

އާލިއާ އަންގާރަ ދުވަހު ވަނީ ގޭމް އުފައްދާ ކުންފުންޏަކާ ގުޅިގެން އޭނާގެ ކެރެކްޓާރގެ މައްޗަށް ބިނާކޮށްފައިވާ ގޭމް "އާލިއާ ބަޓް: ސްޓާ ލައިފް" ރިލީޒްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް