ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 21:35
އިރާޖް
އިރާޖް
ފޭސްބުކް
އިރާޖް ވީރަރަތްނެ
ލަންކާގެ ޓޫރިޒަމް ބިއުރޯ ބޯޑަށް އިރާޖް
 
އިރާޖް އަކީ ލަންކާގެ އެންމެ މަޝްހޫރު އެއް ފަންނާނު
 
އިރާޖް ވަނީ ރާއްޖޭގެ ތަރިންނާއި އެކު ވެސް ޕާފޯމް ކޮށްފައި
 
މަގާމަށް އައްޔަންކޮށްފައިވަނީ އަންގާރަ ދުވަހު

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަރ އިރާޖް ވީރަރަތްނެ، ސްރިލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއޯރޯ (އެސްއެލްޓީބީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކޮށްފިއެވެ.

އަހަރެއްހާ ދުވަހުގެ މުއްދަތުގެ އިރާޖް މި މަގާމަށް ހަމަޖައްސާފައިވަނީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޕްރަސައްނަ ރަނަތުންގައެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ އިރާޖް ޓޫރިޒަމް ބޯޑުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކޮށްފައިވަނީ ޓޫރިޒަމް އެންޑް އެވިއޭޝަންގެ ގާނޫނުގެ ދަށުން މިނިސްޓަރަކަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އެ ބޯޑުން ވަނީ ހާމަކޮށްފައެވެ.

އިރާޖް މަގާމަށް އައްޔަން ކުރުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިރާޖަކީ ލަންކާގެ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ އަށް ބަދަލުތަކެއް ގެނައި ފަރާތެއް ކަމަށެވެ.

މީޑިއާގެ ދާއިރާއިން އެކި ކަހަލަ އެވޯޑްތައް ހޯދާފައިވާ އިރާޖް ވަނީ ދާދި ފަހުން ޝޯޝަލް މީޑިއާގައި ސްރީލަންކާގެ އެންމެ މަޝްހޫރު ފަންނާނުގެ އެވޯޑް ހޯދާފައެވެ.

2017 ވަނަ އަހަރު އެތިއްސަލާތް ޝޯޝަލުން ދިން ލަންކާގެ އެންމެ މަޝްހޫރު ސެލެބްރިޓީ ތަރިންގެ އެވޯޑް އިރާޖް ހޯދާފައިވާިއރު، އޭނާ އަކީ ލަންކާ ފަންނާނުންގެ ތެރެއިން ޔޫޓީއުބްގެ ވީޑިއޯސް ތަކަށް އެންމެ ގިނަ ވިއުސް ލިބުނު ފަންނާނެވެ. 2011 ވަނަ އިރާޖް ވަނީ ހޮލީވުޑް މިއުޒިކް މީޑިއާ އެވޯޑަށްވެސް ނޮމިނޭޓް ވެފައެވެ.

އިރާޖް ވަނީ ދުނިޔޭގެ މަޝްހޫރު ފަންނާނުނާއި އެކު ލަވަތަކެއް ކިޔަފައި ޕާފޯމް ކޮށްފައެވެ. އޭގެ ތެރޭގައި ކިންގްސްޓޯން، ބޯން ތަގްސް، ހާމޮނީ، ފެޓްމޭން ސްކޫޕް، ކުރޫޕްޓް، ސޯލްޖާ ބޯއި، ރިއޯ، ޓްރޫތް ހާޓްސް، ޗިންގީ އަދި ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އަދި މެލޭޝިޔާގެ އެންމެ މަޝްހޫރު އާޓިސްޓު ޖޯ ފިލްޒޯ ހިމެނޭއެވެ. s.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
25%
0%
0%
0%
50%
ކޮމެންޓް