ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 21:33
އަލީ ސީޒަން
އަލީ ސީޒަން
މުހައްމަދު ޝަރުހާން
އަލީ ސީޒަން
ސީޒަންގެ އެފްބީ އައިޑީ އާއި ފިލްމުތަކުގެ ޕޭޖްތައް ހެކްކޮށްފި
 
ސީޒަންގެ އައިޑީން މީހުންނަށް މެސެޖް ކުރަމުންދާ ކަމަށް ސީޒަން ބުނި
 
ސީޒަންގެ ހުރިހާ ފިލްމު ޕޭޖްތަކެއް ވަނީ ހެކް ކޮށްފައި

މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރު އަލީ ސީޒަންގެ ފޭސްބުކް އައިޑީ އާއި އޭނާގެ ފިލްމުތަކުގެ އެފްބީ ޕޭޖްތައް ހެކްކޮށްފިއެވެ.

ހެކްކޮށްފައިވަނީ ސީޒަންގެ ޕްރޮޑަކްޝަންގެ ފިލްމުތައް ކަމަށްވާ، އަނދިރިކަން, އަހްޝަމްގެ އިތުރުން ސީޒަންގެ ޕަބްލިކް ޕޭޖްއެވެ. ސީޒަން ބުނީ، ހެކްކުރީ މީހުން އޭނާގެ އެފްބީ އައިޑީ ގައި ތިބި މީހުންނަށް މެސެޖް ކުރަމުންދާ ކަމަށެވެ.

އަދި ފޭނުންންގެ ފަރާތުން އެ މީހުންނަށް މެސެޖް ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ސީޒަންގެ އައިޑީން ފޮނުވާ މެސެޖްތަކަށް ރިޕްލައި ނުކުރަން އޭނާ ވަނީ އައިލާއާ ގާތް ރައްޓެހިންގެ އިތުރުން ފޭނުންގެ ފަރާތުން އެދިފައެވެ.

ސީޒަން މިހާރު ދަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ލޯބިވެވިއްޖެ އާއި އަނދިިރިކަން ފިލްމެވެ. ދާދި ފަހުން އޮލިމްޕަހުން ފިލްމުތައް އަޅުވާ ތާރީހު ހާމަކުރުމުން ސީޒަން ވަނީ އޭނާގެ ފިލްމު ''އަނދިރިކަން'' ރިލީޒް ކުރާނެ ތާރިހް އިއުލާންކޮށްފައެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ލޯބިވެވިއްޖެގެ 50 ޕަސެންޓް ޝޫޓްކޮށް ނިންމާލާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ފިލްމުގެ މަންޒަރުތައް ގދ. ތިނަދޫގައި ނަގާ ނިންމާލާފައިވާއިރު، ފިލްމުގެ އިތުރު ލަވައެއް އެ ރަށުގައި ނަގަން ވަނީ ނިންމާފައެވެ. ލޯބިވެވިއްޖެގެ މަންޒަރުތަކެއް ލަންކާގައި ނެގުމަށް ހަމަޖެހިފައިވާއިރު ކްރޫން ފުރާނެ ތާރިހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ ސީޒަންގެ އަންހެނުން އައިމިނަތު ޝާނަޒްގެ އިތުރުން ޝާނިޒް އަލީ އެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޢައްޒަ، ޢަލީ ޢާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހީމް، އަދި އަޙްމަދު އީސަ (އާނަންދު) ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
15 ޖެނުއަރީ 2020 | ބުދަ 15:30
ޕިސް ޕިސް
ކިހާ ދެރަ ކަމެއް! ބީތާ ވެފަ ތިބި ބައެއްތަ ހަބަރު މިލިޔަނީ؟ މި ހަބަރަކީ ސީޒަންގެ އެފްބީ އައިޑީ ހެކް ކުރި ކަމުގެ ނަމުގަ ސުރުހީ ޖަހައިގެން ލިޔެފަ އޮތް ހަަބަރެއް. އެކަމަކު ހަބަރު ނިމިފަ މިއޮތީ މުޅިން އެހެން ވާހަކަ ތަކެއްގެ ތަފުސީލު ދެމުން. މީ ކިހާ ދެރަ ކަމެއް. ހަބަރު ދިގު ކުރަން ލިޔެފަ ނުލިޔާނެ އެއްޗެއް ނޭނގިގެންތަ ތިއުޅެނީ؟ ތި ގޮތަށް ހަބަރު ލިޔުން ހުއްޓާލަ ބަލަ ޕްލީސް.
14 ޖެނުއަރީ 2020 | އަންގާރަ 21:36
އައިން
ތީ ސީދާ ޑާރކް ރެއިން ޓީމުގެ ކަމަކާ ވަރަށް ޝައްކު