ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 08:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ
އަލްޖަޒީރާ
އިރާނު
ސުލައިމާނީ އަވަހާރަކޮށްލަން މިދިޔަ އަހަރުގެ ޖޫން މަހު ޓްރަމްޕް ހުއްދަދެއްވާފައިވާކަން ހާމަވެއްޖެ
 
ޓްރަމްޕަށް ހުއްދަދެވޭނެ ހަމައެކަނި ހާލަތަކީ އިރާނުން ދޭ ހަމަލާއެއްގައި އެމެރިކާ މީހަކު މަރުވުން
 
ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ ޓްރަމްޕް ދެއްވާފައިވަނީ ޝަރުތުތަކަކާއެކު

އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ޖޫން މަހު ދެއްވާފައިވާކަން ހާމަވެއްޖެ އެވެ.

އެންބީސީ އާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ ޓްރަމްޕް ދެއްވާފައިވަނީ ޝަރުތުތަކަކާއެކު ކަމަށެވެ. އެގޮތުން ހަމަލާދިނުމަށް ޓްރަމްޕަށް ހުއްދަދެވޭނެ ހަމައެކަނި ހާލަތަކީ އިރާނުން ދޭ ހަމަލާއެއްގައި އެމެރިކާ މީހަކު މަރުވުން ކަމަށް އެންބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ. ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނީ ގަލްފް ސަރަހައްދު މަތިން މީހަކާނުލާ ދުއްވި ޑްރޯނެއް އިރާނުން ވައްޓާލުމާއި ގުޅިގެންނެވެ. އިރާނުން ބުނެފައިވަނީ އެޑްރޯން ވައްޓާލާފައިވަނީ އިރާނުގެ ކަނޑު ސަރަހައްދު މަތިން ޑްރޯން ދިޔުމުން ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ އެ ޑްރޯން ދުއްވާފައިވަނީ ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ކަމަށެވެ.

މިހަމަލާއާއި ގުޅިގެން ސުލައިމާނީ އަވަހާރަކޮށްލުމުގެ އޮޕަރޭޝަން ފެށުމަށް ވައިޓް ހައުސްގެ ނޭޝަނަލް ސެކިޔުރިޓީ އެވްޑްވައިޒަރ ޖޯން ބޯލްޓަން ޓްރަމްޕަށް ލަފާއެރުވިކަމަށާއި ނަމަވެސް އޭރު ޓްރަމްޕް ނިންމެވީ އެފަދަ އޮޕަރޭޝަނެއް ފަށާނީ އިރާނުން އެމެރިކާ މީހަކު މަރާލައިފިކަމުގައި ވަނީނަމަ ކަމަށެވެ. މިރިޕޯޓާ ގުޅިގެން ވައިޓް ހައުސްއިން އަދި އެއްވެސް އެއްޗެއް ނުބެނެއެވެ.

ނަމަވެސް މިރިޕޯޓްގައި މިހުރި ކަންކަމަކީ ސުލައިމާނީ އަވަހާރަކޮށްލި ހަމަލާދިނުމަށްފަހު އެމެރިކާއިން ދައްކާފައި ހުރި ވާހަކަތަކާއި ފުށު އަރާ ވާހަކަތަކެކެވެ. ސުލައިމާނީ އަވަހާރަކޮށްލުމަށް ދިން ހަމަލާ ދިފާޢުކޮށް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ އެހަމަލާ ދީފައިވަނީ ސުލައިމާނީ އެމެރިކާގެ ފައުޖުތަކަށާއި ތަންތަނަށް އަމާޒުކޮށް ހަމަލާދިނުމަށް ރާވަމުންދާތީކަމަށެވެ. އަދި މިހަމަލާ ސުލައިމާނީ އަށް ދީފައިވަނީވެސް އިރާގުގެ މިލިޓަރީ ބޭސްއަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ ކޮންޓްރެކްޓަރެއް މަރާލުމަށްފަހު އެވެ.

ހުކުރު ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހަތަރު އެމްބަސީއަކަށް އެއީ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީވެސް ހިމެނޭގޮތުން ހަމަލާތައް އަމާޒުކުރާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ޓްރަމްޕް ދެއްވާފަ އެއް ނުވެއެވެ. ނަމަވެސް އާދީއްތަ ދުވަހު އެމެރިކާގެ ޑިފެންސް ސެކެޓްރީ މަރކް އެސްޕަރ ވިދާޅުވެފައިވަނީ ހަތަރު އެމްބަސީއަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އެއްވެސް ހެއްކެތް ލިބިފައިނުވާ ކަމަށެވެ.

އަނެއްކޮޅުން ބަލާއިރު ޑިމޮކްރަޓުން ކޮންޓްރޯލް ކުރާ ހައުސްއިން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ އެގައުމުގެ ރައީސަށް ކޮންގްރެސްގެ ހުއްދައެއް ނެތި ކުރިޔަށް އޮތްތަނުގައި އިރާނަށް ހަމަލާ ނުދެވޭނެ ގޮތަށް އިސްލާހެއް ފާސްކޮށްފަ އެވެ.

އެމެރިކާގެ މިހާރުގެ ޤާނޫނު އަސާސީ ބުނާގޮތުން އަސްކަރީ އެއްވެސް އޮޕަރޭޝަނެއް ފެށުމުގެ ހުއްދަ ދިނުމުގެ ބާރު ބެހިގެންވަނީ އެގައުމުގައި އެވަގުތަކު ހުންނަ ރައީސަކާއި ކޮންގްރެސް އަށެވެ. ކޮންގްރެސްއަށް ހަނގުރާމައަށް ފެށުމުގެ އަމުރު ކުރެވޭއިރު ރައީސަށް ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން އެމެރިކާ ދިފާޢުކުރުމަށް އަސްކަރިއްޔާގެ ބޭނުންކުރުމުގެ ބާރު ލިބިދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް