ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 00:44
\"ޖޯކަރ\" ފިލްމްގައި އުއަކީން ފީނިކްސް
"ޖޯކަރ" ފިލްމްގައި އުއަކީން ފީނިކްސް
އޭޕީ
އެކަޑަމީ އެވޯޑްސް 2020
އޮސްކާސް 2020: ނޮމިނޭޝަންތައް އިއުލާންކޮށްފި، އެންމެ ކުރީގައި "ޖޯކަރ"
 
92 ވަނަ އޮސްކާސް އޮންނާނީ 10 ފެބްރުއަރީގައި

2020 ވަނަ އަހަރުގެ އެކަޑަމީ އެވޯޑްސް، ނުވަތަ އޮސްކާސްއަށް ނޮމިނޭޓްވީ ފަރާތްތައް އިއުލާންކޮށްފިއެވެ.

92 ވަނަ އޮސްކާސްގައި 2019 ވަނަ އަހަރު ރިލީޒްކޮށްފައިވާ އެންމެ މޮޅު ފިލްމްތަކުގެ ތެރެއިން އެންމެ މޮޅު ފިލްމްތައް ހޮވާއިރު، އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ "ޖޯކަރ"އަށެވެ.

ޑީސީ ކޮމިކްސްގެ މަޝްހޫރު ސުޕަރހީރޯ ބެޓްމޭންއިން ނުބައިބައި ރޯލުން ފެންނަ ޖޯކަރގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމަށް 11 ނޮމިނޭޝަން ލިބިފައިވެއެވެ. އޭގެ ތެރޭގައި "ބެސްޓް ޕިކްޗަރ"، "ބެސްޓް އެޑޭޕްޓެޑް ސްކްރީންޕްލޭ"، "ބެސްޠް އޮރިޖިނަލް ސްކޯރ" އަދި "ބެސްޓް ޑައިރެކްޓަރ"ގެ އިތުރުން ޖޯކަރގެ ރޯލުން ފެންނަ އުއަކީން ފީނިކްސްއަށް "ބެސްޓް އެކްޓަރ އިން އަ ލީޑިންގ ރޯލް" ހިމެނެއެވެ. ޓޮޑް ފިލިޕްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމްވަނީ ގޯލްޑަން ގްލޯބްސްގައި ވެސް އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އެގޮތުން "ބެސްޓް ޕަރފޯމަންސް ބައި އެން އެކްޓަރ އިން އަ މޯޝަން ޕިކްޗަރ - ޑްރާމާ" އަދި "ބެސްޓް އޮރިޖިނަލް ސްކޯ – މޯޝަން ޕިކްޗަރ"ގެ އެވޯޑް "ޖޯކަރ"އަށް ވަނީ ލިބިފައެވެ. އޮސްކާސްގައި ވެސް ބޮޑެތި އެވޯޑްތަކަށް މި ފިލްމް ނޮމިނޭޓްވެފައިވާއިރު، މިއީ ކޮމިކަކަށް ތައްޔާރުކޮށްފައިވާ ފިލްމަކަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބުކަން ފާހަގަ ކުރެވެއެވެ.

(މަތީގައި) - "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" (ތިރި، ކ -ވ) "ނައިންޓީންސެވަންޓީން"، "ދަ އައިރިޝްމޭން"

10 ނޮމިނޭޝަންއާއެކު މި އަހަރުގެ އޮސްކާސްގައި ދެވަނާގައި ތިން ފިލްމެއް އޮތް އިރު އެއީ، ކުއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"، މާޓިން ސްކޯޒީގެ "ދަ އައިރިޝްމޭން" އަދި ސޭމް މެންޑޭސްގެ "ނައިންޓީންސެވަންޓީން"އެވެ. ކުއެންޓިން، ސްކޯޒީ އަދި މެންޑޭސްއަށް "ބެސްޓް ޑައިރެކްޓަރ" ނޮމިނޭޝަން ލިބިފައިވާރު، "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އިން ލިއަނާޑޯ ޑިކެޕްރިއޯއަށް "ބެސްޓް އެކްޓަރ އިން އަ ލީޑިންގ ރޯލް" ނޮމިނޭޝަން ލިބިފައިވެއެވެ. "ބެސްޓް އެކްޓަރ އިން އަ ސަޕޯޓިންގ ރޯލް" އަށް "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"އިން ބްރެޑް ޕިޓް ނޮމިނޭޓްވެފައިވާއިރު، "ދަ އައިރިޝްމޭން"ގެ އަލް ޕަޗީނޯ އާއި ޖޯން ޕެސްކީވެސް ވަނީ މި އެވޯޑަށް ނޮމިނޭޓްވެފައެވެ.

މި ހަތަރު ފިލްމްވެސް "ބެސްޓް ޕިކްޗަރ"އަށް ނޮމިނޭޓްވެފައިވާއިރު، މި އެވޯޑަށް ދެން ނޮމިނޭޓްވެފައިވަނީ "ޕެރެސައިޓް"، "މެރިއެޖް ސްޓޯރީ"، "ޖޯޖޯ ރެބިޓް"، "ލިޓްލް ވިމެން" އަދި "ފޯޑް ވަރސަސް ފެރާރީ"އެވެ.

އޮސްކާސް ނޮމިނޭޝަންތައް – ބޮޑެތި އެވޯޑްތަކަށް ނޮމިނޭޓްވި ފަރާތްތައް

ބެސްޓް އެކްޓްރެސް އިން އަ ލީޑިންގ ރޯލް

ރެނޭ ޒެލްވެގަރ – "ޖޫޑީ"

ޝާލީޒް ތެރޮން – "ބޮމްބްޝެލް"

ސްކާލެޓް ޖޮހާންސަން – "މެރިއެޖް ސްޓޯރީ"

ސާޝާ ރޯނަން – "ލިޓްލް ވިމެން"

ސިންތިއާ އެރިވޯ – "ހެރިއެޓް"

ބެސްޓް އެކްޓަރ އިން އަ ލީޑިންގ ރޯލް

އުއަކީން ފީނިކްސް – "ޖޯކަރ"

އެޑަމް ޑްރައިވަރ – "މެރިއެޖް ސްޓޯރީ"

ލިއަނާޑޯ ޑިކެޕްރިއޯ – "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"

އެންޓޯނިއޯ ބަންޑޭރަސް – "ޕެއިން އެންޑް ގްލޯރީ"

ޖޮނަތަން ޕްރައިސް – "ދަ ޓޫ ޕޯޕްސް"

ބެސްޓް ޑައިރެކްޓަރ

މާޓިން ސްކޯޒީ – "ދަ އައިރިޝްމޭން"

ކުއެންޓިން ޓެރެންޓީނޯ – "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"

ސޭމް މެންޑޭސް – "ނައިންޓީންސެވަންޓީން"

ބޮންގް ޖޫ-ހޯ – "ޕެރެސައިޓް"

ޓޮޑް ފިލިޕްސް – "ޖޯކަރ"

ބެސްޓް އެކްޓަރ އިން އަ ސަޕޯޓިންގ ރޯލް

ބްރެޑް ޕިޓް – "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"

އަލް ޕަޗީނޯ – "ދަ އައިރިޝްމޭން"

ޖޯ ޕެސްކީ – "ދަ އައިރިޝްމޭން"

ޓޮމް ހޭންކްސް – "އަ ބިއުޓިފުލް ޑޭ އިން ދަ ނޭބަރހުޑް"

އެންތަނީ ހޮޕްކިންސް – "ދަ ޓޫ ޕޯޕްސް"

ބެސްޓް އެކްޓްރެސް އިން އަ ސަޕޯޓިންގ ރޯލް

ލޯރާ ޑަރން – "މެރިއެޖް ސްޓޯރީ"

މާގޯ ރޮބީ – "ބޮމްބްޝެލް"

ފްލޮރެންސް ޕަގް – "ލިޓްލް ވިމެން"

ސްކާލެޓް ޖޮހާންސަން – "ޖޯޖޯ ރެބިޓް"

ކެތީ ބޭޓްސް – "ރިޗަރޑް ޖުވެލް"

ބެސްޓް އެނިމޭޓެޑް ފީޗަރ ފިލްމް

"ޓޯއި ސްޓޯރީ 4"

"ހައު ޓި ޓްރޭން ޔުއަރ ޑްރެގަން: ދަ ހިޑްން ވަރލްޑް"

"މިސިންގ ލިންކް"

"އައި ލޮސްޓް މައި ބޮޑީ"

"ކަލައުސް"

ބެސްޓް އިންޓަނެޝަނަލް ފިލްމް

"ޕެރެސައިޓް" – ދެކުނު ކޮރެއާ

"ޕެއިން އެންޑް ގްލޯރީ" – ސްޕެއިން

"ލޭ މިޒަރާބް" – ފްރާންސް

"ހަނީލޭންޑް" – ދެކުނު މެކެޑޯނިއާ

"ކޯޕަސް ކްރިސްޓީ" – ޕޮލެންޑް

ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ

"މެރިއެޖް ސްޓޯރީ"

"ވަންސް އަޕޯން އަ ޓައިމް"

"ޕެރެސައިޓް"

"ނައިވްސް އައުޓް"

"ނައިންޓީންސެވަންޓީން"

ބެސްޓް އެޑޭޕްޓެޑް ސްކްރީންޕްލޭ

"ދަ އައިރިޝަމޭން"

"ޖޯޖޯ ރެބިޓް"

"ލިޓްލް ވިމެން"

"ދަ ޓޫ ޕޯޕްސް"

"ޖޯކަރ"

ބެސްޓް ޑޮކިއުމަންޓްރީ ފީޗަރ

"އެމެރިކަން ފެކްޓަރ"

"ދަ އެޖް އޮފް ޑިމޯކްރަސީ"

"ހަނީލޭންޑް"

"ފޯރ ސަމާ"

"ދަ ކޭވް"

ބެސްޓް އޮރިޖިނަލް ސޯންގް

"ބްރޭކްތްރޫ" ފިލްމްގެ "އައިމް ސްޓޭންޑިންގ ވިތު ޔޫ"

"ފްރޯޗަން 2"ގެ "އިންޓު ދަ އަންނޯން"

"ހެރިއެޓް"ގެ "ސްޓޭންޑް އަޕް"

"ރޮކެޓްމޭން"ގެ "(އައިމް ގޮނަ)ލަވް މީ އަގޭން"

"ޓޯއި ސްޓޯރީ 4"ގެ "އައި ކާންޓް ލެޓް ޔޫ ތްރޯ ޔުއަރސެލްފް އަވޭ"

ބެސްޓް ވިޝުއަލް އިފެކްޓްސް

"އެވެންޖަރސް: އެންޑްގޭމް"

"ދަ ލަޔަން ކިންގް"

"ސްޓާ ވޯޒް: ދަ ރައިސް އޮފް ސްކައިވޯކަރ"

"ދަ އައިރިޝްމޭން"

"ނައިންޓީންސެވަންޓީން"

ބެސްޓް ސިނަމެޓޯގްރަފީ

ރޮޖަރ ޑިކިންސް – "ނައިންޓީންސެވަންޓީން"

ރޮބަޓް ރިޗަޑްސަން – "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"

ރޮޑްރިގޯ ޕްރީޓޯ – "ދަ އައިރިޝްމޭން"

ލޯރެންސް ޝަރ – "ޖޯކަރ"

ޖެރިން ބްލާޝްކް – "ދަ ލައިޓްހައުސް"

ބެސްޓް އޮރިޖިނަލް ސްކޯރ

"ނައިންޓީންސެވަންޓީން"

"ޖޯކަރ"

"ލިޓްލް ވިމެން"

"މެރިއެޖް ސްޓޯރީ"

"ސްޓާ ވޯޒް: ދަ ރައިޒް އޮފް ސްކައިވޯކަރ"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް