ކ. މާލެ
|
22 މާރޗް 2017 | ބުދަ 16:35
ޖޫހީ އޭނާގެ ދަރިންނާއި އެކު
ޖޫހީ އޭނާގެ ދަރިންނާއި އެކު
ގޫގުލް
ބޮލީވުޑް
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް
 
ދަރިން ފިލްމް ކުޅުމަކީ ދެކޭ ހުވަފެނެއް

ބޮލީވުޑް ސްޓާރުންގެ ދަރިން ބޮލީވުޑަށް ޝައުގުވެރިކަން ހުރި ނަމަވެސް ބޮލީވުޑް އެކްޓްރެސް ޖޫހީ ޗައުލާގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަން ނެތް ކަމަށް އޭނާ ބުނފިއެވެ.

 

މިސް އިންޑިއާގެ ތާޖު ވެސް ހާސިލްކޮށްފައިވާ ޖޫހީ ހިނދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅު ޖާންވީ (16) އަދި ފިރިހެން ދަރިފުޅު އަރްޖުން (14)  ފިލްމް ކުޅުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށާއި ނަމަވެސް އެކުދިން އެގޮތް ބޭނުން ނުވާ ކަމަށެވެ.

 

ޖޫހީ ބުނީ އޭނާގެ ފިލްމް ކުޅޭ ސެޓަށް ވެސް އެކުދިން ނުދާ ކަމަށާއި ޖޫހީގެ ފިލްމްތައް ވެސް ނުބަލާ ކަމަށެވެ.

 

ޖޫހީ ބުނެފައި ވަނީ އެކުދިން ކުރަން ބޭނުންވަނީ ކޮންކަމެއް ނޭނގޭ ކަމަށެވެ.  އެކުދިން ފިލްމީ ދާއިރާއިން ފެނިގެންދާނެ ދުވަހަކީ ޖޫހީ ވަރަށް އުފާވާނެ ދުވަހެއް ކަމަށާއި ނަމަވެސް އެކުދިންނަކީ ވަރަށް ލަދުރަކި ދެކުދިން ކަމަށް ޖޫހީ ބުންޏެވެ.

 

ޖޫހީ ބުނީ ޖާންވީ އެންމެ ފުރަތަމަ ބޭނުންވީ ލިޔުންތެރިއަކަށް ވާން ކަމަށާއި ނަމަވެސް ފަހުން ކުއްލިއަކަށް މޮޑެލްއަކަށް ވާން ބޭނުންވި ކަމަށެވެ.

 

ފަހުން އަނެއްކާ އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާން ކަމަށް ޖޫހީ ބުންޏެވެ.

 

އަރްޖުން ކުރަން ބޭނުންވަނީ ކޮން ކަމެއް ކަމެއް އަދިވެސް ނޭންގޭ ކަމަށާއި އެއްފަހަރު ޖޫހީ އެހުމުން އޭނާގެ ބައްޕަ ފަދަ ބިޒްނަސް މޭންއަކަށް ވެދާނެ ކަމަށް އަރުޖުން ބުނި ކަމަށް ޖޫހީ ބުންޏެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް