ކ. މާލެ
|
22 މާރޗް 2017 | ބުދަ 16:30
ލަވައިގެ ކަވަރ އާޓް ރިލީޒް ކޮށްފައިވަނީ ބުދަ ދުވަހު
ލަވައިގެ ކަވަރ އާޓް ރިލީޒް ކޮށްފައިވަނީ ބުދަ ދުވަހު
އިންސްޓަގްރާމް
ހޮލީވުޑް
ޒެއިން މަލިކްގެ އާ ލަވައިގެ އޯޑިއޯ ކޮޅެއް އާންމުކޮށްފި
 
ޒެއިންގެ ސޯލޯ ކެރިއަރގައި އެންމެ ފާހަގަކޮށްލެވޭ އެއްލަވައަކީ "ޕިލޯޓޯކް"
 
ޒެއިންގެ ފުރަތަމަ ސޯލޯ އަލްބަމް ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރު
 
ޒެއިން އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން"ގެ ކުރީގެ މެމްބަރެއް

ޒެއިން މަލިކްގެ އާ އަލްބަމްގެ ފުރަތަމަ ސިންގަލްގެ އޯޑިއޯ ކޮޅެއް ދައްކާލައިފިއެވެ.

"ސްޓިލް ގޮޓް ޓައިމް" ކިޔާ މި ލަވައިގެ އޯޑިއޯކޮޅު ރިލީޒްކޮށްފައި ވަނީ ޒެއިންގެ ޓްވިޓަރ މެދުވެރިކޮށެވެ.

މަޝްހޫރު ރެޕް އާޓިސްޓް، ޕާޓީ ނެކްސްޓް ޑޯރގެ އަޑު އިވިގެންދާ މި ލަވައަކީ 24 އަހަރުގެ ޒެއިންގެ ދެވަނަ ސޯލޯ އަލްބަމްގެ ފުރަތަމަ ސިންގަލްއެވެ.

ލަވައިގެ ކަވަރ އާޓް ރިލީޒް ކުރަމުން އާ ލަވައެއް ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ޒެއިން ވަނީ ބުނެފައެވެ. އަދި އޭނާއަށް އިތުބާރު ކުރުމަށް ސަޕޯޓަރުން ކައިރި އެދިފައި ވެއެވެ. އެހެންނަމަވެސް، އެއް ސަޕޯޓަރެއް ވަނީ އޭނާ ބުނާ "އަވަހަށް" އިތުބާރު ނުކުރާ ކަމަށް ޓްވިޓަރ މެދުވެރިކޮށް ރައްދު ދީފައެވެ.

ޒެއިން ލަވައިގެ 10 ސިކުންތުގެ އޯޑިއޯކޮޅު އާންމު ކޮށްފައި ވަނީ އެއަށް ރައްދެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން"ގެ ކުރީގެ މެމްބަރެއް ކަމަށްވާ ޒެއިން އެ ބޭންޑުން ވަކިވެފައި ވަނީ މާޗް 2015 ގައެވެ. އޭނާގެ ފުރުތަމަ އަލްބަމް ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރެވެ.

ޒެއިން ބުނި ގޮތުގައި އޭނާ ވަން ޑައިރެކްޝަން ދޫކޮށްލީ ބޭންޑްގައި އުޅެމުން "ކްރިއޭޓިވް އެކްސްޕީރިއަންސް"އަށް ތަން ނެތުމުންނެވެ.

ޒެއިންގެ ސޯލޯ ކެރިއަރގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ، "ޕިލޯޓޯކް"ވަނީ ބިލްބޯޑް ހޮޓް 100 ލިސްޓްގެ އެއް ވަނައަށް އަރާފައެވެ. އެ ލަވައިގެ ވީޑިއޯގައި ޒެއިންގެ އިތުރުން، އޭނާގެ ލޯބިވެރިޔާ، މަޝްހޫރު މޮޑެލް ޖީޖީ ހަދީދް، 21، ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް