ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 15:30
އަނދިރިކަންގެ ޕޯސްޓަރެއް
އަނދިރިކަންގެ ޕޯސްޓަރެއް
ފޭސްބުކް
އަނދިރިކަން
ސީޒަންގެ ''އަނދިރިކަން'' ރިލީޒްކުރަނީ މާޗް ހަތަރެއްގައި
 
ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބު އަދި ސީޒަން
 
ފިލްމަކީ އާއިލީ ޑްރާމާއެއް

މާސްކޭ ސްޓޫޑިއޯ އާއި އެސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމު "އަނދިރިކަން" މާޗު މަހު ހަތަރެއްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުރިން އެ ފިލްމު ސްކްރީން ކުރަން ނިންމާފައި އޮތީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ސީޒަން ކުރިން ބުނެފައިވާ ގޮތުން ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހުނީ، ފިލްމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް ހަދާފައިވާ އެ ފިލްމަކީ އާއިލީ ޑްރާމާއެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މ. މަޑުއްވަރީގެ އިތުރުން އދ. ދަނގެތި އަދި ވިލިމާލޭގައެވެ.

ޖުމުލަ ތިން ލަވަ ހިމެނޭ "އަނދިރިކަން"ގެ ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބު އަދި ސީޒަން އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ޒީނަތު އައްބާސް، ދަރާ ރަޝީދު، އަހުމަދު ސައީދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް