ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 20:05
އިސްރޭލްގެ ފޮރިން މިނިސްޓަރ
އިސްރޭލްގެ ފޮރިން މިނިސްޓަރ
ރޮއިޓަރސް
އިސްރާއީލް
އިސްރާއީލްގެ ޚާރިޖީ ވަޒީރު ދުބާއީ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފި
 
ދަތުރު ފަސްކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި
 
ދުބާއީއަށް އަލުން ދަތުރުކުރާނެ ތާރީޚެއް ކަނޑަނާޅާ
 
ދުބާއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ މެދު ތެރޭގައި

އިސްރޭލްގެ ޚާރިޖީ ވަޒީރު މިމަހު ދުބާއީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވާފައި ވާކަމަށް އިސްރޭލްގެ އޮފިޝަލަކު ބުނެފިއެވެ.

އިރާނާއި އެމެރިކާ އާ ދެމެދު އުޅޭ ނުތަނަވަސްކަމުގެ ސަބަބުން އިސްރޭލް ޚާރިޖީ ވަޒީރު ކެޓްޒް މިމަހުގެ މެދުތެރޭގައި ދުބާއީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އޮފިޝަލް ބުންޏެވެ. ކެޓްޒްގެ މިދަތުރުފުޅަކީ މިމަހުގެ މެދުތެރޭގައި އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020 ދުބާއީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ކެޓްޒް އަލުން ދުބާޢީއަށް ދަތުރުކުރައްވާނެ ތާރީޚެއް ކަނޑަނާޅާކަމަށް އޮފިޝަލު ބުނެއެވެ.

ނަން ހާމަނުކޮށް، އެހެން އޮފިޝަލަކު ރޮއިޓަރސް އަށް މަޢުލޫމާތު ދެމުން ބުނީ އިސްރޭލްގެ ޚާރިޖީ ވަޒީރަށް ޢަމާޒުކޮށް އިރާނުން ޙަމަލާދީފާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ. ނަމަވެސް އިސްރޭލްގެ ޚާރިޖީ ވަޒީރަށް އޮތީ ކިހާވަރެއްގެ ނުރައްކަލެއްކަމާއި އެކަމުގެ ތަފުޞީލެއް އެ އޮފިޝަލް ހާމައެއް ނުކުރެއެވެ.

އެމެރިކާއިން ވައިގެ މަގުން ދިން ޙަމަލާތަކެއްގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ އަވަހާރަވުމާއި ގުޅިގެން، އިރާނާއި އެމެރިކާގެ ގުޅުން ވަނީ މިއިން ދުވަހަކު ހީނަރު ނުވާހާ މިންވަރަށް ހީނަރުވެފައެވެ. އަނެއްކޮޅުން އިރާނާއި އިޒްރޭލަކީވެސް ދެ ހަތުރުންނެވެ. 1979 ވަނަ އަހަރު އިރާނަށް ގެނައި އިންޤިލާބަށްފަހު، އިރާނާއި އިސްރޭލްގެ ގުޅުމަށް ބުރު އަރާފައިވާއިރު، އިސްރާއީލުން އަންނަނީ ޤަލްފު ޞަރަޙައްދުގައި އުޅޭ ސުންނީ މުސްލިމް ޤައުމުތަކާއި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް