ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 18:35
އައިވާ ޓީވީ
އައިވާ ޓީވީ
ރާއްޖެއެމްވީ
ރީފްސައިޑް
އައިވާ ޓީވީ ލޯންޗުކޮށް ރީފްސައިޑުން ޕްރޮމޯޝަނެއް ފަށައިފި
 
ޓީވީ ގަތުމުން ދެ އަހަރު ދުވަހުގެ ވޮރެންޓީ ލިބޭ
 
ޕްރޮމޯޝަންގެ ތެރެއިން ހެޔޮއަގެއްގައި އައިވާ ޓީވީ ލިބިގެންދާނެ
 
ޕްރޮމޯޝަން ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން

އައިވާ ޓީވީ ލޯންޗުކޮށް ރީފްސައިޑުން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރީފްސައިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން ކަމަށާއި, ޕްރޮމޯޝަނުގެ ދަށުން ޖަޕާނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އައިވާ ޓީވީ ހެޔޮއަގެއްގައި ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ރީފްސައިޑުގެ މާރކެޓިންގ އެގްޒެކެޓިވް މުޙައްމަދު އަހުސަން ވިދާޅުވީ، ހެޔޮއަގެއްގައި މިހާ ފެންވަރު ރަނގަޅު ޓީވީތައް ކަސްޓަމަރުންނަށް ދޭން ނިންމާފައިވަނީ އައު އަހަރުގެ ހަދިޔާއެއްގެ ގޮތުން ކަމަށާއި، ޓީވީ ގަތުމުން ދެ އަހަރު ދުވަހުގެ ވޮރެންޓީ ލިބިގެންދާނެ ކަމަށެވެ.

ރީފްސައިޑްގެ މާކެޓިންގ އެގްޒެކެޓިވް މުހައްމަދު އަހުސަން
އައިވާ ޓީވީ އަކީފެންވަރަށް ބަލާއިރު، އިތުރު ތަޢާރަފެއް ބޭނުން ނުވާ ކޮލެޓީ ޓީވީއެއް. ޕިކްޗަރ ކޮލެޓީ ވަރަށް ކްލިއަރ ވާނެ. އައްޔަށް އަދި ކޮންޓްރާސްޓަށް ބެލިޔަސް މިކްސްޕެކްސް ވެގެނެއް ނުދާނެ. ޢާންމުކޮށް މި ހުންނަ ލޯ އެންޑް ޓީވީތަކާއި އަޅާބަލާއިރު. ކޮންމެ ބޭފުޅަކު ވެސް އޯކިޑު މަގުގައި މި އިން އަޅުގަނޑުމެންގެ އައުޓްލެޓަށް ދުރުވެ އެ ތަފާތު ތަޖުރިބާ ކުރުމުން އެހެން ޓީވީތަކާއި އައިވާ ޓީވީ ހުރި ތަފާތު ފެނިގެންދާނެ.
ރީފްސައިޑްގެ މާކެޓިންގ އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވިއެވެ.

ރީފްސައިޑުން ވަނީ އައިވާ ޓީވީގެ ހަތަރު ސައިޒެއް ތަޢާރަފުކޮށްފައެވެ. އެއީ 50 އިންޗި، 55 އިންޗި، 65 އިންޗީގެ އިތުރުން 75 އިންޗީގެ ޓީވީތަކެވެ. ރީފްސައިޑުން ބުނީ މި ސައިޒުތައް ގެނައީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލާފައި ކަމަށާއި ގިނަ ކަސްޓަމަރުންނަށް އެންމެ ކަމުދަނީ 50 އިންޗިއަށް ވުރެން މަތީގެ ޓީވީތައް ކަމަށެވެ.

އައިވާ ޓީވި ތަޢާރަފުކުރުމަށް ބޭއްވި ޙަފުލާގެ ތެރެއިން ރީފްސައިޑުން ވަނީ ނޫސްވެރިންގެ މެދުގައި ގުރުނެގުމެއް ބާއްވާ، ގުރުއަތުން ހޮވުނު އެއް ފަރާތަށް އައިވާ ޓީވީއެއް ހަދިޔާކޮށްފައެވެ. އެގޮތުން ގުރުއަތުން ހޮވިފައިވަނީ ވަގުތުގެ ނޫސްވެރިއެކެވެ.

ގުރުއަތުން ހޮވުނު ވަގުތު ނޫސްވެރިޔާ

ރީފްސައިޑުން ވިއްކާ އުފެންދުންތަކަކީ ޢާންމުންގެ ތެރޭގައި މަޤުބޫލު އުފެއްދުން ތަކެވެ. ރީފް ސައިޑުން އެކި މުނާސަބާތުތަކާއި ގުޅުވައިގެން މިކަހަލަ ތަފާތު ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ޢަމާޒުކޮށްގެން ހިންގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި