ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 17:17
ޤަތަރުގެ އަމީރު- އިރާނަށް ވަޑައިގެން ވާހަކަތައް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި
ޤަތަރުގެ އަމީރު- އިރާނަށް ވަޑައިގެން ވާހަކަތައް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި
އަލްޖަޒީރާ
އިރާނު
ޤަތަރުގެ އަމީރު އިރާނަށް ވަޑައިގަންނަވަނީ
 
އަމީރުގެ މިދަތުރުފުޅުގައި ދެ ގައުމުގެ ދޭތެރޭގައި އޮތްގުޅުން ރަނގަޅުކުރުމަށާއި އެސަރަހައްދުގައި ހުރި މައްސަލަތަކާއި ބައިނަލްއަގްވާމީ މަޝްރަހުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ
 
މިއީ ގަތަރުގެ އަމީރު އިރާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު

ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހައްމާދު އަލް ޘާނީ އިރާނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޤަތަރުގެ އަމީރު އިރާނަށް ކުރައްވާ ދަތުރުފުޅުގައި އިރާނުގެ ރައީސް ޙަސަން ރޫހާނީ އާއި އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ. މިއީ ޤަތަރުގެ އަމީރު އިރާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ޤަތަރުގެ އަމީރު އިރާނަށް މިވަޑައިގަންނަވަނީ އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ޤަލްފު ޞަރަޙައްދަށް ނުތަނަވަސްކަން ވެރިވެފައިވާ ދަނޑިވަޅެއްގަ އެވެ. ޤަތަރުގެ ސްޓޭޓް ނިއުސް އެޖެންސީން ބުނާގޮތުން އަމީރުގެ މިދަތުރުފުޅުގައި ދެ ޤައުމުގެ ދޭތެރޭގައި އޮތްގުޅުން ރަނގަޅުކުރުމަށާއި، އެޞަރަޙައްދުގައި ހުރި މައްސަލަތަކާއި ބައިނަލްއަޤުވާމީ މަޝްރަހުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އާދީއްތަ ދުވަހު އަމީރު އިރާނަށް ވަޑައިގަތުމުގެ ކުރިން އޮމާނަށް ވަޑައިގެން އޮމާންގެ އާ ރަސްގެފާނު ޚައިތަމް ބިން ތާރިޤް އަލް ސާޢިދާއި ބައްދަލުކުރައްވާ ކުރީގެ ރަސްގެފާނު ޤަބޫސް ބިން ސާޢިދު އަލް ސާޢިދު އަވަހާރަވުމާއި ގުޅިގެން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ސުލައިމާނީ އަވަހަރާކޮށްލުމާއި ގުޅިގެން އެ ޞަރަޙައްދުގެ ކަންކަމާއި ގުޅޭގޮތުން މީގެކުރިން ވަނީ ޤަތަރުގެ ޚާރިޖީ ވަޒީރު އިރާނުގެ އިސް އޮފިޝަލަކާއި ބައްދަލުކުރައްވާ ވާހަކަތައް ކުރިޔަށް ގެންދަވާފައެވެ. ދެ އޮފިޝަލުން ބައްދަލުކުރައްވާ ވަނީ އެޞަރަޙައްދުގެ، ވަކިން ޚާއްސަކޮށް އިރާޤާއި އެޞަރަޙައްދުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
0%
0%
33%
ކޮމެންޓް