ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 13:27
އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދް ހަސަން
އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދް ހަސަން
ޝުއައިބް މުހައްމަދު އިގްބާލް
އެންވަޔަރމަންޓް މިނިސްޓްރީ
މިއަހަރުގެ ހޫނު މޫސުމުގައިވެސް ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދެވޭނެ: މިނިސްޓްރީ
 
މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންއާއި ދެމެދު ސޮއިކޮށްފައިވަނީ 4 ޖެނުއަރީ 2017 ގައި
 
އެ މަސައްކަތް ކުރިން ކުރަމުންދިޔައީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން
 
ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހޫނުމޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރމަންޓުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން އެންވަޔަރމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހޫނުމޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން ކަމަށެވެ. އަދި ފެނަކައާއި ގުޅިގެން ފެން ފޯރުކޮށްދިން ނަމަވެސް ފެން ރައްކާ ކުރެވިފައި ހުންނަ މިންވަރާއި، ރަށުން ފެން ހުސްވަމުންދާ މިންވަރު ޤަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލްގެ ޒިންމާއެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ވާރޭވެހޭ ދުވަސްވަރު ފެން ނަގާ ރައްކާކޮށް، ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެން ފޯރުކޮށްދެވޭނެ އިންތިޒާމު ކައުންސިލުން ބަލަހައްޓަންޖެހޭނެ ކަމަށެވެ.

އޭގެއިތުރުން، ފެންހުރި މިންވަރު ޤަވާއިދުން މޮނިޓަރކޮށް ފެނަށްޖެހޭނެ ކަމަށް ލަފާކުރެވޭ ނަމަ މަދުވެގެން 14 ދުވަސް ކުރިން، އެރަށަކީ ފެނަކަ ބްރާންޗެއް ހުރި ރަށެއް ނަމަ އެ އޮފީހަކަށް ނުވަތަ ފެނަކަ ބްރާންޗެއް ނެތް ރަށެއްނަމަ ފެނަކަ ހެޑްއޮފީހަށް ބޯފެނަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރުމަށްފަހު ފޮނުވަންޖެހޭނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިން ކުރަމުންދިޔައީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނެވެ. ނަމަވެސް އެ މަސައްކަތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްފަހު، ހޫނުމޫސުމުގައި ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ޙަވާލުކޮށް މިކަމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންއާއި ދެމެދު ސޮއިކޮށްފައިވަނީ 4 ޖެނުއަރީ 2017 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް