ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 12:56
ބީއެމްއެލްގެ ދެ މަގާމަށް އައްޔަނުކުރެވުނު ދެ ބޭފުޅުން
ބީއެމްއެލްގެ ދެ މަގާމަށް އައްޔަނުކުރެވުނު ދެ ބޭފުޅުން
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ 2 މަގާމަކަށް ބޭފުޅުން އައްޔަނުކޮށްފި
 
ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދޭ
 
އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އައްޔަނުކުރީ ސުރީ ހާނިމް
 
އެ ބޭންކްގެ އާ ޗީފް ރިސްކް އޮފިސަރ ގެ މަގާމަށް ހަމަޖެއްސީ ގެރީ ލޯޓަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް ދެ މަގާމަކަށް ބޭފުޅުން އައްޔަނުކޮށްފިއެވެ.

އާދީއްތަ ދުވަހު ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ބޭންކްގެ އައު ޗީފް ރިސްކް އޮފިސަރ ގެ މަގާމަށް ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް ސުރީ ހާނިމް މުޙައްމަދު ހަމަޖައްސައިފައިވާކަމަށެވެ.

ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިންގ އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.

ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމްތަކެއް ފުރުއްވައި 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ. ސުރީވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކަމާއި އެގްޒެކްޓިވް ޑިރެކްޓަރ ގެ މަގާމްވެސް ފުރުއްވާފައެވެ.

މިިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދޭކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާކަމަށެވެ. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު ބޭންކްގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށާއި, މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީވެސް މުހިންމު އަމާޒެއްކަމަށް ސޯޔަރ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ސޯޔަރ ވިދާޅުވީ، އުއްމީދަކީ ސުރީގެ ބައިނަލްއަޤްވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގ ޚިދުމަތް އިތުރު ހަރުފަތަކަށް ދިޔުންކަމަށާއި އެ ދެބޭފުޅުންނަށް ކާމިޔާބީއަށް އެދޭކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް