ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 12:19
މޭގަން ޑިޒްނީގެ \"ދަ ލަޔަން ކިންގް\" ޕްރިމިއަރގައި، ބިޔޯންސޭ އާއި ޖޭ-ޒީއާއެކު
މޭގަން ޑިޒްނީގެ "ދަ ލަޔަން ކިންގް" ޕްރިމިއަރގައި، ބިޔޯންސޭ އާއި ޖޭ-ޒީއާއެކު
ގޫގުލް
އިނގިރޭސި ޝާހީ އާއިލާ
ޑަޗަސް މޭގަން ޑިޒްނީއާއެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވީތަ؟
 
އިއުލާން ކުރެއްވީ "އެތަކެއް މަހެއް ވިސްނެވުމަށްފަހު"
 
ހެރި އާއި މޭގަން ޝާހީ އާއިލާގެ މަތީ ރޯލުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވީ މިދިޔަ ހަފްތާގައި

ޝާހީ މަސައްކަތުން ދުރަށް ޖެހިވަޑައިގަތުމަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ނިންމެވިކަން ނިމިގެންދިޔަ ހަފްތާގައި އިއުލާން ކުރައްވާފައިވާއިރު، މޭގަން ފިލްމާ ގުޅުން ހުރި މަސައްކަތް ފެއްޓެވިކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.

ހެރީއާ ކައިވެނި ބެއްލެވުމުގެ ކުރިން އެމެރިކާގެ މަޝްހޫރު ސީރީޒްއެއްކަމަށްވާ "ސޫޓްސް"ގެ މައި ރޯލަކުން ފެނިވަޑައިގެންނެވި މޭގަން ޑިޒްނީއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކުރަން ފަށާފައެވެ.

ޑިޒްނީގެ އެނިމޭޝަން ފިލްމްތަކަށް އަޑު އަޅުއްވަން މޭގަން އެއްބަސްވެލެއްވީ ވައިލްޑްލައިފް އޯގަނައިޒޭޝަންއެއްކަމަށްވާ "އެލެފަންޓްސް ވިތައުޓް ބޯޑަރސް"އަށް ފައިސާ ހަދިޔާ ކުރާ ގޮތަށެވެ. މި ވާހަކަތައް ކަމާއިގުޅުން ހުރި އެއްވެސް ފަރާތަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހެރި އާއި މޭގަން ޝާހީ އާއިލާގެ މަތީ ރޯލުން ދުރަށް ޖެހިވަޑައިގެން އަމިއްލަ ދިރިއުޅުމެއް ފަށްޓަވަން ނިންމެވިކަން އިއުލާން ކުރައްވާފައިވަނީ ބުދަ ދުވަހުއެވެ. މިކަން އިއުލާން ކުރައްވާ ނެރުއްވި ބަޔާނުގައި ދެމަފިރިންގެ ވަގުތު އިނގިރޭސިވިލާތާއި އުތުރު އެމެރިކާގައި ހަމަހަމައަށް ހޭދަކުރެއްވުމަށް ނިންމަވާފައިވާކަމަށާއި، ފައިސާގެ މިނިވަން ދިރިއުޅުމެއް އުޅުއްވަން ނިންމަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

މި އިއުލާން ކުރެއްވީ އެތަކެއް މަހެއް ވިސްނެވުމަށްފަހު ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވީ ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން އިއުލާންކޮށްފައިވަނީ ހެރީގެ މާމަ ރާނީ އެލިޒަބަތު ދެވަނަ އެކަން ފަސްކުރައްވަން އެދިލައްވާފައި ވަނިކޮށެވެ.

ހެރީ އާއި މޭގަންގެ މި އިއުލާނަށް ފަހު މެޑަމް ޓުސޯޑްސްގައި ހުންނަ ޝާހީ އާއިލާގެ ވެކްސް ސްޓެޗޫތަކުން އެ ދެމަފިރިންގެ ސްޓެޗޫތައް ނަގާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެޑަމް ޓުސޯޑްސް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް