ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 07:28
ޖޯން އަބްރަހަމް
ޖޯން އަބްރަހަމް
ޓްވިޓަރ
އެޓޭކް ފިލްމު
ޖޯންގެ ''އެޓޭކް'' ގެ ޝޫޓިން ފަށައިފި
 
ޕްރޮޑިއުސަރުންގެ ތެރޭގައި ޖޯންވެސް ހިމެނޭ
 
ޖެކުއަލިން ފެނިގެންދާނެ
 
ރިލީޒް ކުރަނީ އޮގަސްޓު 14 ގައި

ޖޯން އަބްރަހަމްގެ އެކްޝަން ފިލްމު ''އެޓޭކް'' ގެ ޝޫޓިން ފަށައިފިއެވެ.

ޖެކުއަލިން ފެނާންޑޭޒް އާއި ރަކުލް ޕްރީތް ސިންހް ފެނިގެންދާ ފިލްމުގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފައިވަނީ ޖޯންގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. ޖޯން ކޮށްފައިވާ ޕޯސްޓުގައި އޭނާ ވަނީ ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށްފައެވެ.

ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޯންއާ އެކު ''ހައުސްފުލް 2'' އަދި ''ޑިޝޫމް'' ކުޅެފައިވާ ޖެކުއަލިން ބުނީ، އެ ފިލްމަކީ މޮޅު ސްކްރިޕްޓް އަކަށް ހަދާ ފިލްމެއް ކަމަށެވެ.

އެޓޭކް ފިލްމުގައި ދައްކުވައިދެނީ، އިންޑިއާގެ ޓެރަރިސްޓުންނާއި ޖޯންއާ ދެމެދު ހިނގާ ކުރިމަތިލުންތަކެކެވެ. ފިލްމުގެ ފަސްޓްލުކް އިއުލާން ކޮށްފައިވަނީ ހުސްވި އަހަރުގެ ޖުލައި މަހުއެވެ. ''އެޓޭކް'' ލިޔެ ޑައިރެކްޓް ކުރަނީ ލަކްޝްޔާ ރާޖް އާނަންދްއެވެ. ޕްރޮޑިއުސްކުރަނީ ދީރަޖް ވަދްވަން، އަޖޭ ކަޕޫރް އަދި ޖޯން އަބްރަހަމްއެވެ.

މިއީ ވަދްވަންގެ ކިތާ ޕްރޮޑަކްޝަންސް އާއި ޖޯންގެ ޖޭއޭ އެންޓަޓެއިންމެންޓް ބެނަރގެ ދަށުން ގެނެސްދޭ ފިލްމެކެވެ. ފިލްމު ސްކްރީން ކުރަން ތާވަލުކޮށްފައިވަނީ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް