ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 23:59
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ތެރެއިން
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ތެރެއިން
ހައިރައިޒް ޕްރައިވެޓް ލިމިޓަޑް
ސަޓާ
ސަޓާގެ ނޮމިނޭޝަނަށް ހުޅުވާލައިފި
 
މިފަހަރުގެ އެވޯޑު ހަފްލާ ރާއްޖޭގައި ބާއްވާނެ
 
މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެއް
 
މި ފަހަރު ސަޓާ އެވޯޑަށް 9 ކެޓަގަރީ އިތުރުކޮށްފައިވޭ

ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސް (ސަޓާ) ގެ ނޮމިނޭޝަނަށް ހުޅުވާލައިފިއެވެ.

އިވެންޓް އިންތިޒާމު ކުރާ ހައިރައިޒް ކުންފުނީގެ ފަރާތުން ބުނީ ސަޓާ އެވޯރޑްސްގެ ނޮމިނޭޝަނަށް ހުޅުވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައިރައިޒުން ބުނީ މި ފަހަރު ސަޓާ އެވޯޑަށް 9 ކެޓަގަރީ އިތުރުކޮށްފައިވާނެ ކަމަށާއި، އެހެންކަމުން މިހާރު ޖުމުލަ އެ އެވޯޑު ހަފުލާގައި ޖުމުލަ 52 އެވޯޑު ދޭނެ ކަމަށެވެ.

ސަޓާ އެވޯޑުގައި މިދިޔަ އަހަރު 500 އަށް ވުރެ ގިނަ ޓްރެވަލް އެންޑް ޓޫރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓުވެފައެވެ. އެގޮތުން ގެސްޓް ހައުސް ދާއިރާ އިން ފާހަގަކޮށްލެވޭ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ ޔޫއައި ހޮޓެލްސް، ޔޫއައި މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް ރަންނާޅި އަދި އޭސް ޓްރެވަލްސް މޯލްޑިވްސް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓުވެފައެވެ. ޔޫއައި ހޮޓެލްސް އާއި ޔޫއައި މޯލްޑިވްސް ވަނީ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯރޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ސަޓާ އެވޯރޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ފަސް ވަނަ އެޑިޝަން ސަޓާ 2020 އަންނަ އަހަރު ރާއްޖޭގައި ބާއްވާނެ ކަމަށް އިވެންޓް އިންތިޒާމުކުރާ ހައިރައިޒް ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް