ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 22:49
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު- ޕާކިސްތާނަށް ތައުޒިޔާގެ މެސެޖެއް ވަނީ ފޮނުއްވާފައި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު- ޕާކިސްތާނަށް ތައުޒިޔާގެ މެސެޖެއް ވަނީ ފޮނުއްވާފައި
ފޮރިން މިނިސްޓްރީ
ޕާކިސްތާން
ޕާކިސްތާނުގެ މިސްކިތެއްގަ ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ޚާރިޖީ ވަޒީރު ތަޢުޒިޔާ މެސެޖެއް ފޮނުއްވައިފި
 
މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވި
 
ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުއާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދު ދެއްވި
 
ދިވެހިރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަން ހާމަކުރައްވާ، މިސްކިތަކަށް ދިން މި ނުރައްކާތެރި ހަމަލާ ކުށްވެރިކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި

ޕާކިސްތާނުގެ ގުއެޓާގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާއެއްގައި ބަޔަކު މަރުވުމާއި ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޕާކިސްތާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މަޚްދޫމް ޝާހް މަޙްމޫދް ގުރައިޝީއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ޝާހިދުގެ ތަޢުޒިޔާ މެސެޖުގަ، ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ގުއެޓާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން، މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ވިދާޅުވިކަމަށެވެ. އަދި ދިވެހިރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ ޢަމަލަކާއި ދެކޮޅުކަން ހާމަކުރައްވާ، މިސްކިތަކަށް ދިން މި ނުރައްކާތެރި ޙަމަލާ ކުށްވެރިކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.

މީގެއިތުރުން ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއި ގުޅިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޝާހިދު ދެއްވި އެވެ. ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގެންފައިވެއެވެ.

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާގައި ފުލުހުންގެ އިސް އޮފިސަރަކާއި، ޢާންމުންގެ 8 މީހަކު ވަނީ މަރުވެފަ އެވެ. ހުކުރު ދުވަހު ދިން މި ޙަމަލާއާއި ގުޅޭގޮތުން އެ ޤައުމުގެ ފުލުހުން ބުނީ، ޙަމަލާ ދީފައިވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގެ ޞަރަޙައްދަކަށް ކަމަށާއި، ޙަމަލާދީފައިވަނީ މިސްކިތުގައި މީހުން ނަމާދަށް ތިބި ވަގުތެއްގައި ކަމަށެވެ.

މި ޙަމަލާގެ ސަބަބުން މިސްކިތުގެ އިމާމުވެސް މަރުވެފައިވާއިރު، 20 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ވަރަށް ނާޒުކު ޙާލަތެއްގައި ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް