ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 10:11
ނާޒްމީ ސައީދު (ކ) ހުސައިން ފަރިޔާދް (ވ)
ނާޒްމީ ސައީދު (ކ) ހުސައިން ފަރިޔާދް (ވ)
ޔޫސުފް ސޮފްވާން ރަޝީދު
ފަރިޔާޒް
ފަރިޔާޒް އެނބުރި ރާއްޖެޓީވީއަށް
 
ފަރިޔާޒިގެ އުންމީދަކީ ރާއްޖޭގައި ހަމައެކަނި ކުޅިވަރަށް ހާއްސަ ޗެނަލެއް އުފެދުން
 
ފުޓުބޯޅައާއި އެހެން ކުޅިވަރުތަކުގެ ލައިވް ކޮމެންޓްރީ ދެއްވުމުގައިވެސް ފަރިޔާޒް އަކީ ފާހަގަކޮށްލެވޭ ބޭފުޅެއް
 
މީގެ ކުރިން 2013 ވަނަ އަހަރު ރާއްޖެޓީވީގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރުގެ މަގާމް އަދާކުރެއްވި

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ ހުސައިން ފަރިޔާދް (ފަރިޔާޒް) އެނބުރި ރާއްޖެޓީވީ އާއި ގުޅިއްޖެއެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ރާއްޖެޓީވީގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރުގެ މަގާމް އަދާކުރެއްވި ފަރިޔާޒް ވަނީ ރާއްޖެޓީވީގައި ހޭދަކުރެއްވި ދުވަސްވަރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުޅިވަރު ހަބަރު ލިޔުއްވައި ހުށަހަޅުއްވުމުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅުންބަދަހިކުރައްވައި ކުޅިވަރާއިބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ސްޓޭޝަން މެދުވެރިކުރައްވައި އާންމުންނާ ހަމަޔަށް ގެނަސްދެއްވުމުގައި ފަރިޔާޒް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

މީގެއިތުރުން ފަރިޔާޒްގެ އިސްނެންގެވުމާއިއެކު ރާއްޖެ ޓީވީގައި ކުޅިވަރަށް ހާއްސަ ބްލެޓިންގއެއް ގެނަސްދެއްވުމުގެ އިތުރުން މާލެ އާއި އަތޮޅުތެރޭގައި ކުރިޔަށްގެންދާ ކުޅިވަރު މެޗުތައް ލައިވްކޮށް ގެނަސްދެއްވަން ފެއްޓެވިއެވެ.

ފުޓުބޯޅައާއި އެހެން ކުޅިވަރުތަކުގެ ލައިވް ކޮމެންޓްރީ ދެއްވުމުގައިވެސް ފަރިޔާޒް އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި ކުޅިވަރުތަކުގައި ވާދަކުރާ މުބާރާތްތަކުގެ މެޗުތަކާއި ގައުމީ ޓީމު ވާދަކުރާ ބޮޑެތި މުބާރާތްތަކުގެ ލައިވް ކޮމެންޓްރީ ފަރިޔާޒު ގެނެސްދެއްވައެވެ.

ވޭތުވެދިޔަ 14 އަހަރު ތެރޭގައި ކުޅިވަރުގެ ދާއިރާއިން އެކިއެކި މައުލޫމާތު އާންމުންނާއި ހަމަޔަށް ގެނަސްދެއްވުމުގައި ފަރިޔާޒް ކުރެއްވި މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މަޝްހޫރު އެކިއެކި ކުޅިވަރުގެ ބޭފުޅުން ހިމަނައިގެން ޕްރޮގްރާމް ހެދުމާއި، އެކިއެކި ކުޅިވަރުގެ މައުލޫމާތު އާންމުންނާއި ހަމައަށް ގެނަސްދެއްވުމުގައި ފަރިޔާޒް ކުރެއްވި މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ.

ފަރިޔާޒްގެ އުއްމީދަކީ ހަމައެކަނި ކުޅިވަރަށް ހާއްސަ ޗެނަލެއް ރާއްޖޭގައި އުފެދި އެ ޗެނަލް ހިންގުމުގައި އޭނާއަށް އިސްދައުރެއް އަދާކުރުމުގައި ފުރުސަތު ލިބިގެންދިއުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
12%
60%
5%
12%
7%
5%
ކޮމެންޓް
11 ޖެނުއަރީ 2020 | ހޮނިހިރު 14:00
މޫމިން
ސާބަހޭ ބުރަދަ. ތީހަމަ އެއްވަނަ އަހަރުން އެންމެން ފަހުރުވެރިވަން