ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 14:29
\"ޕެރެސައިޓް\" 2019
"ޕެރެސައިޓް" 2019
ޔޫޓިއުބް
"ޕެރެސައިޓް" 2019
އެޗް.ބީ.އޯ "ޕެރެސައިޓް"ގެ ސިލްސިލާއެއް ހަދަނީ؟
 
މިސިލްސިލާ ހެދުމަށް ނެޓްފްލިކްސްއިން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ.
 
މި ސިލްސިލާ ވެގެންދާނީ ބޮންގް ޖޫން ހޯ އާއި މަޝްހޫރު ހޮލީވުޑް ޑައިރެކްޓަރ އެޑެމް މެކްކޭ ގުޅިގެން ޑައިރެކްޓްކުރާނެ ފުރަތަމަ ސިލްސިލާއަށެވެ
 
"ޕެރެސައިޓް" ޑައިރެކްޓްކޮށްފައިވަނީ ސައުތް ކޮރެޔާގެ މަޝްހޫރު ޑައިރެކްޓަރ ބޮންގް ޖޫން ހޯ

2020ގެ ގޯލްޑަން ގްލޯބްސްގައި އެންމެ މޮޅު "ފޮރިން ފިލްމް"އަކަށް ހޮވުނު "ޕެރެސައިޓް"އަށް ބިނާކޮށް އެޗް.ބީ.އޯއިންކުރު ސިލްސިލާއެއް ހަދަން ނިންމާފިއެވެ.

ސައުތް ކޮރެޔާގެ މަޝްހޫރު ޑައިރެކްޓަރ ބޮންގް ޖޫން ހޯ ޑައިރެކްޓްކޮށްފައިވާ "ޕެރެސައިޓް"ގެ މައްޗަށް ބިނާކޮށް ކުރު ސިލްސިލާއެއް ނެރެން ފިލްމު އުފެއްދި ފަރާތާއި، އެޗްބީއޯއާއި ވާހަކަ ދައްކަމުންދާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ސިލްސިލާ ވެގެންދާނީ ބޮންގް ޖޫން ހޯ އާއި މަޝްހޫރު ހޮލީވުޑް ޑައިރެކްޓަރ އެޑެމް މެކްކޭ ގުޅިގެން ޑައިރެކްޓްކުރާނެ ފުރަތަމަ ސިލްސިލާއަށެވެ.

އާދިއްތަ ދުވަހު ބޭއްވުނު ގޯލްޑަން ގްލޯބްސްގައި އެންމެ މޮޅު "ފޮރިން ފިލްމް"ގެ އެވޯޑް "ޕެރެސައިޓް"އަށް ލިބިފައިވާއިރު، ބޮންގް ޖޫން ހޯ ވަނީ "ބެސްޓް ޑައިރެކްޓަރ" އަށްވެސް ނޮމިނޭޓްވެފައެވެ. އެންމެ މޮޅު ސްކްރިޕްޓަކަށް ވެސް ނޮމިނޭޓްވެފައިވަނީ ހަމަ މި ފިލްމެވެ.

ފިލްމް ކްރިޓިކްސް ލަފާކުރާގޮތުގައި "ޕެރެސައިޓް" އޮސްކާރސްގައި ނޮމިނޭޓްވުން އެކަށީގެންވެއެވެ. މިއީ ކޮރެޔާ ބަހުން ހަދާފައިވާ ފިލްމެއްކަމުގައިވީ ނަމަވެސް "ޕެރެސައިޓް"އަށް ބޭރު އޯޑިއަންސްތަކުގެ ފަރާތުން އާދަޔާ ހިލާފަށް ތަރުހީބެއް ހޯދައިފައިވެއެވެ.

އެވޯޑް ލިބުމަށްފަހު ވާހަކަ ދައްކަމުން ބޮންގް ޖޫން ހޯ ވަނީ ސަބްޓައިޓަލްސް ކިޔަން މީހުން އާއްމުގޮތެއްގައި ޖެހިލުންވާކަން ފާހަގަކޮށް އެ ޖެހިލުންކަން ދޫކޮށްލާނަމަ ވަރަށް ބައިވަރު މޮޅެތި ފިލްމްތަކަށް މަޤްބޫލްކަން ލިބޭނެކަމަށް ބުނެފައެވެ.

މިސިލްސިލާ ހެދުމަށް ނެޓްފްލިކްސްއިން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ބޮންގް ޖޫން ހޯ ބޭނުންވީ އެޗް.ބީ.އޯއާއެކު މަސައްކަތްކުރުމަށެވެ.

"ޕެރެސައިޓް" ފިލްމުގައި ދައްކައިދެނީ، މުއްސަނދި އާއިލާއަކާއި ފަގީރު އާއިލާއެއްގެ ދެމެދު އޮންނަ ތަފާތެވެ. އެކަމަކު ސިލްސިލާއާ ބެހޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ބޮންގް ޖޫން ހޯ މަޝްހޫރުވެފައިވަނީ ކޮރެޔާގައި މިހާތަނަށް އެންމެ ގިނަ އާމްދަނީ ހޯދައިފައިވާ ސްނޯ ޕިއާރސަރ، އާއި އޮކްޖާގެ ޑައިރެކްޓަރގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް