ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 12:18
މާލެ ޖަލު
މާލެ ޖަލު
ފޭސްބުކް
މާލެ ޖަލު
މާލެ ޖަލު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ
 
ގުޅީފަޅަކީ ގިނަ މައްސަލަތަކަކަށް ހައްލު ހޯދަދޭނެ ބިމެއް
 
ޖަލު ހެދުމަށް ޑިޒައިނިންގެ މަސައްކަތް ކުރުމަށް މަޝްވަރާތައް ދަނީ ކުރަމުން
 
ގުޅީފަޅުގައި ކުށުގެވެށިން ނެގޭ ކުދިންނަށް ޚާއްސަކޮށް މަރުކަޒެއް ގާއިމްކުރާނެ

މިއަހަރުގެ ތެރޭގައި މާލެ ޖަލު އެހެން ސަރަހައްދަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދް (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ގުޅީފަޅަށް އަމާޒުކުރެވިފައި ހުރި ސަރުކާރުގެ ބައެއް ކަންތައްތަކަށް ބަލާލާއިރުގައި ކުށުގެ ވެށިން ނެގޭ ކުޑަ ކުދިން (18 އަހަރު ނުފުރޭ) ކުދިން ބައިތިއްބާނެ ވަގުތީ މަރުކަޒެއް ގުޅީފަޅުގައި ހެދުން މިއީ އަމާޒެއް ކަމަށާއި، މިހާރު އެމަސައްކަތް ބާރު ސްޕީޑް ކުރެވެމުންދާ ކަމަށެވެ.

އިބޫ ވިދާޅުވީ ތިލަފުށި ނުވަތަ ގުޅީފަޅުގައި ލުއި ޖަލެއް ހެދުމުގެ މަސައްކަތް ޑިޒައިނިންގެ މަސައްކަތުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، 2020 ވަނަ އަހަރު ތެރޭގައި މާލޭގައި ހުރި ޖަލު އެސަރަހައްދަށް ބަދަލުވެގެންދާނެ ކަމަށެވެ.

ސަރުކާރަކުން ގަބޫލެއް ނުކުރޭ ތައުލީމުދޭ މަދަރުސާތަކެއްގެ މެދުގައި ޖަލެއް ހުންނަން ވާންޖެހޭ ކަމަށް. އެގޮތުން މާލޭ ޖާލު އެސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ހިނގާނެ މިއަހަރުގެ ތެރޭގައި.
އެމްއައިޒެޑްއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދް (އިބޫ)

އިބޫ ވިދާޅުވީ މަސްތުގެ ހާލުގައި ނެނގޭ ނުވަތަ ހައްޔަރުކުރެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުން ވެސް ޚާއްސަ ތަނެއް ގުޅީފަޅުގައި ގާއިމް ކުރެވޭނެ ކަމަށެވެ.

އެހެންކަމުން ގުޅީފަޅަކީ މާލެ ސަރަހައްދުގައި ހުރި ގިނަ މައްސަލަތަކަކަށް ހައްލު ހޯދަދޭނެ ބިމެއްގެ ގޮތުގައި 2020 ވަނަ އަހަރު ވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތައް ފުރި، ޖަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ޤައިދީން ބޭތިއްބުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ.

އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޖަލުތަކުގައި ޤައިދީންނަށް ބޮޑެތި މައްސަލަތައް ހުރިކަމާއި، އެގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކަށް ދެވޭ ޚިދުމަތުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެގޮތުން ޕެރޯލް އަދި ކްލެމެންސީ ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި ޤައިދީން އަނބުރާ މުޖުތަމައަށް ނެރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް