ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 19:05
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
ރެމިޓެންސް ޓެކްސް
ރެމިޓެންސް ޓެކްސް ބަޔާން 15 ގެ ކުރިން ހުށަހަޅަންޖެހޭ!
 
ޑިސެމްބަރުމަހު ނަގާފައި ހުރި ރެމިޓަންސް ޓެކްސް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓެކްސް ބަޔާނާއެކު މީރާއަށް ދައްކަންޖެހޭނެ

މި އަހަރުން ފެށިގެން ރެމިޓަންސް ޓެކްސް ނެގުން ހުއްޓާލާފައިވާއިރު، މިދިޔަ އަހަރުގެ އެންމެ ފަހު ރެމިޓަންސް ޓެކްސް ބަޔާން މި މަހުގެ 15 ވަނަ ދުވަހު މީރާއަށް ހުށައަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާ އިން ބުނީ ޑިސެމްބަރުމަހު ނަގާފައި ހުރި ރެމިޓަންސް ޓެކްސް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓެކްސް ބަޔާނާއެކު މީރާއަށް ދައްކަންޖެހޭނެ ކަމަށެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިނެއް އިންސައްތައެވެ. މި ޓެކުހަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އިން ނަގާ ޓެކުހެކެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަތުން ރެމިޓެންސް ނެގުމާ ބެހޭ ގޮތުން މީރާ އިން ކަނޑައަޅާފައިވާ އުސޫލަށް މީގެ ތިން އަހަރު ކުރިން ބަދަލު ވެސް ގެނެސްފައިވެއެވެ.

އިންކަމް ޓެކްސްގެ ޤާނޫނާއެކު ބައެއް ޤާނޫނުތައް އުވި، މީރާއިން ނަގަމުންދިޔަ ބައެއް ޓެކްސްތައް ވަނީ އުވާލާފައެވެ. އޭގެތެރޭގައި ހިމެނޭ އެއް ޓެކުހަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ރެމިޓަންސް ޓެކްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް