ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 23:08
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މުހައްމަދު ޝަރުހާން
މީރާ
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.79 ބިލިއަން ރުފިޔާ މީރާ އިން ބަލައިގަތް
 
ދެވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީ
 
2019 ވަނަ އަހަރު މީރާ އަށް ބަލައިގަތް ޖުމްލަ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީ
 
މިއީ 2019 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 2.9 އިންސައްތަ އިތުރު އަދަދެއް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު ޢާމްދަނީގެ ގޮތުގައި ޖުމްލަ 16.79 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 2.7 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި މިއީ 2019 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ޢަދަދަށްވުރެ 2.9 އިންސައްތަ އިތުރު ޢަދަދެކެވެ.

2019 ވަނަ އަހަރު މީރާ އަށް ބަލައިގަތް ޖުމުލަ ޢަމްދަނީގެ ބޮޑުބައެއް ޙިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 7.74 ބިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ބައެއް ބީޕީޓީ ޙިއްސާކުރާއިރު އެއީ 2.90 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 1.65 ބިލިއަން ރުފިޔާއާއި، ގްރީން ޓެކްސްގެ ގޮތުގައި 850.27 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 728.91 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު މީރާ އަށް ބަލައިގަތް ޢާމްދަނީގެ ތެރޭގައި 653.07 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު ބަލައިގަތް ޢާމްދަނީގެ ތެރޭގައި ޑިސެމްބަރު މަހު ބަލައިގަތް ޖުމުލަ ޢާމްދަނީ އަކީ 1.56 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު، 8.9 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ މައިގަނޑު ސަބަބަކީ، ޓެކްސް އަދި ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެން އިތުރުވުން ކަމަށް މީރާ އިން ބުނެއެވެ. އެގޮތުން ޓީޖީއެސްޓީ، ވިތުހޯލްޑިންގް ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 2019 ވަނަ އަހަރު ލިބިފައިވާ ފައިސާ، 2018 ވަނަ އަހަރާ އަޅާބަލާއިރު އިތުރު ކަމަށް ވެސް މީރާ އިން މަޢުލޫމާތުދެއެވެ.

ޑިސެމްބަރު މަހު އެ އޮތޯރިޓީއަށް ބަލައިގަތް ބޮޑު ބައެއް ޖީއެސްޓީ ޙިއްސާ ކުރާއިރު، އެއީ 658.04 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް، އެއީ 361.95 މިލިއަން ރުފިޔާއެވެ. ބީޕީޓީގެ ގޮތުގައި 120.96 މިލިއަން ރުފިޔާ ލިބިފައިވާއިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 76.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 68.79 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެހެނިހެން ޓެކުހާއި ފީ ގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މީރާ އަށް ބަލައިގަތް ޢާމްދަނީގެ ތެރޭގައި 74 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް