ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 09:17
ސީއެމްޑީއަށް ލައިސެންސް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސީއެމްޑީއަށް ލައިސެންސް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެމްއޭ
އެމްއެމްއޭ
ސީއެމްޑީއަށް ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމުގެެ ލައިސަންސް ދީފި
 
ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑްގެ %80 ހިއްސާދާރަކީ ޖަޕާނުގެ ކުންފުންޏެއް
 
ސީއެމްޑީއަކީ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑް އިން %99 ހިއްސާ އޮންނަ ކުންފުންޏެއް
 
ލައިސަންސް ދީފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ވިޔަފާރި ފަށާ ގޮތަށް

ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމުގެެ ލައިސަންސް ދީފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެ ކުންފުންޏަށް ރާއްޖޭގައި ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމަށް ބޭނުންވާ ލައިސަންސް ދޫކޮށްފައިވަނީ ބުދަ ދުވަހު ކަމަށެެވެ. ލައިސަންސް ދީފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާ ގޮތަށެވެ.

ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕީއެލްސީގެ ހިދުމަތްތައް ފެށުމުގެ އެންމެ ފަހު ތާރީހަކީ 8 ޖުލައި 2020 އެވެ.

މި ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށާއި ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަކީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏެއްކަމުގައިވާ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑުގެ %99 ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑްގެ %80 ހިއްސާދާރަކީ ޖަޕާނުގެ ކުންފުންޏެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް