ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 08:42
ހެރީއާއި މޭގަން
ހެރީއާއި މޭގަން
ގެޓީ އިމޭޖަސް
ހެރީ އާއި މޭގަން
ހެރީ އާއި މޭގަން، ޝާހީ އާއިލާގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށްޖެހެނީ
 
ޗެރިޓީތައް ހިންގުމަށް ގިނަ ވަގުތު ދެވޭނެ
 
ދަރިފުޅަށް ގިނަ ވަގުތު ދިނުމަށް

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ކަމަށްވާ ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އެއާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިލަން ނިންމައިފިއެވެ.

އޭބީސީ ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރު ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އެއާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިލަން ނިންމީ މާލީ މިނިވަން ބޭނުންވާތީއެވެ. އެގޮތުން މިދެމަފިރިން ވަގުތުތައް ހޭދަކުރަން ނިންމާފައިވާނީ ނޯތް އެމެރިކާ އާއި ޔޫކޭގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ނިންމުމާއެކު ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އަލަތު ފިރިހެން ދަރިކަލުން އަރޗީ ހެރިސަން މައުންޓްބަޓެން ވިންޑްސޯއާއެކު ގިނަ ވަގުތު ހޭދަކުރެވި، ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނެއެވެ. އަދި ދެގައުމުގައި ދިރިއުޅެން ނިންމުމާއެކު ދެގައުމުގެ ކަންކަން ދަރިފުޅަށް ދަސްވެ، ދަރިފުޅަށް ރަނގަޅު މާހައުލެއްގައި ބޮޑުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިލާ މިދުވަސްކޮޅުގައި ޗެރިޓީތައް ހިންގުމުގައި ޚާއްސަ ސަމާލުކަމެއްދީ ބުރަ މަސައްކަތްތައް ކުރާނެ ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެއާއިލާގެ ބައެއް ކަންކަމުން ދުރުވި ނަމަވެސް އިނގިރޭސީ ރާނީ އެލިޒަބަތްގެ އިތުރުން ކޮމަންވެލްތްއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މިދެމަފިރިން ވަނީ އަރުވާފައެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އެއާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިލަން ނިންމާފައިވާކަން އިއުލާން ކުރެއްވުމުގެ ކުރިން މިދެމަފިރިން ކެނަޑާއަށް ދިރިއުޅުން ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި 19 ވަނަ ދުވަހު ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ. ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
0%
17%
0%
17%
50%
ކޮމެންޓް