ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 22:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އޭއެފްޕީ
އެމެރިކާ - އިރާން
އިރާނުން ދިން މިސައިލް ހަމަލާތަކުގެ ޒިންމާ ނަގަންޖެހޭނީ އޮބާމާ: ޓްރަމްޕް
 
އިރާނުން ދިން ހަމަލާގައި މިލިޓަރީ ބޭސްގައި ތިބި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވޭ: ޓްރަމްޕް
 
އިރާނުން ވަނީ ހަމަލާ ދިނުމަށް ފަހު ފަހަތު ފަޔަށް ބުރަވެފައި: ޓްރަމްޕް
 
ހަމަލާގެ ޒިންމާ އޮބާމާ ނަގަންޖެހޭނަ ކަމަށް ވިދާޅުވީ އިރާނާއެކު ވެވުނު ނިއުކްލިއަރ އެއްބަސްވުމާއި ގުޅިގެން

އިރާގުގައި އެމެރިކާ ސިފައިން ތިބި އަސްކަރީ ބޭސްއަށް އިރާނުން ހަމަލާދިނުމުގެ ޒިންމާ ކުރީގެ ރައީސް ބަރަކް އޮބާމާ ނަންގަވަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އެހެން ވިދާޅުވާން ޖެހުނު ސަބަބެއް އިތުރަކަށް ނުދަންނަވައެވެ. ބެލެވޭ ގޮތުގައި ޓްރަމްޕް އެހެން ވިދާޅުވީ އޮބާމާގެ ވެރިކަމުގައި އެމެރިކާ އަދި ދުނިޔޭގެ ބާރުތައް ގުޅިގެން އިރާނާއެކު ނިއުކްލިއަރ ހަކަތަ އުފެއްދުން ހުއްޓާލުމުގެ އެއްބަސްވުމާއި ގުޅިގެންނެވެ.

ޓްރަމްޕްގް ވެރިކަމުގައި މިއެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމަށް ފަހު ވަނީ، އިރާނަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެމެރިކާއިން މިއެއްބަސްވުމަށް އަމަލުކުރުން ހުއްޓާލި ނަމަވެސް، މިއެއްބަސްވުމުގައި ސޮއިކުރި އަނެއް ފަސް ގައުމުން ދިޔައީ އެއްބަސްވުމަށް އަމަލުކުރަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރި އަނެއް ފަސް ގައުމަކީ، އިނގިރޭސިވިލާތް، ފަރަންސޭސްވިލާތް، ރޫސީވިލާތް، ޗައިނާ އަދި ޖަރުމަންވިލާތެވެ.

އިރާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޢާސިމް ސުލެއިމާނީއަށް ހަމަލާދީ މަރާލުމަށް ފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ޓްރަމްޕަ ވަނީ އިރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އިރާނަކީ "ފިނޑި" ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާ ސިފައިން ތިބި މަރުކަޒަށް ހަމަލާ ދިނުމުގެ ބަދަލު ހިފުމުގެގޮތުން ކުރިޔަށްވުރެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އިރާނަށް އަޅާނެ ކަމަށެވެ.

ހަމަލާއާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިރާނުން މިހާރު ފެންނަނީ ފަހަތަށް ޖެހެމުން އަންނަ މަންޒަރު ކަމަށެވެ. އަދި މި ހަމަލާތަކުގައި އެ އަސްކަރީ މަރުކަޒުގައި ތިބި އެމެރިކާ އަސްކަރިއްޔާ އާއި އިރާގު އަސްކަރިއްޔާގެ މީހަކު މަރުވެފައި ނުވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ސުލެއިމާނީ އަވަހާރަކޮށްލި މައްސަލައިގައި އިރާނުން ރައްދުދީފިނަމަ، އެގައުމުގެ 52 ތަނަކަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވީ ނަމަވެސް، ޓްރަމްޕްގެ ވާހަކަތައް ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން މިހާރު އިސްކުރާނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކަމަށް ވިދާޅުވިއެވެ. އަދި މެދުއިރުމަތީގައި ނޭޓޯގެ ހަރަކާތްތައް އިތުރުކުރުމަށް، އެޖަމިއްޔާގެ ބައިވެރިންނާއިއެކުގައި މަޝްވަރާކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ހަމަލާތަކަކީ ސުލެއިމާނީ އަވަހާރަކޮށްލުމުގެ ރައްދެއް ކަމުގައި އިރާނުން ބުނެފައިވާއިރު، އިރާނުން ވަނީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި ސުލެއިމާނީ މަރާލާފައި ވަނީ ބަގުދާދުގެ ވައިގެ ބަނދަރަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
6%
0%
36%
17%
25%
ކޮމެންޓް
9 ޖެނުއަރީ 2020 | ބުރާސްފަތި 08:41
ޑިމޮކްރަސީ
މިއެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލް ހަމަބިމަށް ތިރިކޮށްދޭވޭނި ކޮންބަޔަކަށް މިދުނިޔެއަށް ޖެހިފަ އޮތް ބޮޑު ވަބާއެއް
8 ޖެނުއަރީ 2020 | ބުދަ 23:52
އެދުރުބެ
ދެންވެސް ގަދަބަސް ނުބުނާތި. ނޯތު ކޮރެޔާ ޢާ ކުޅެން ނުކެރޭނެހެން އީރާނާއި ފާޅުގައި ކުޅެން ދެން ނުކެރޭނެ. ހަތިޔާރު އުފެއްދުމަކީ ވަކި ބައެއްގެ ހައްގައްކައް ހަދަން ތިއުޅެނީ. ދަތި ކުރާ ވަރަކައް އެގައުމު ވާނީ ބާރުގަދަ. ދުނިޔެ ކުރިމަތީގައި ލަދެއްގަ ތިބެދުނީ.
8 ޖެނުއަރީ 2020 | ބުދަ 23:17
ށސސއސި
ނޭޓޯ ތިންކްސަ ޔޫ އާރ އަ ޖޯކް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ