ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ދުނިޔެ - އިރާން

ވެއްޓުނު ފްލައިޓްގެ ކަޅުފޮށި ދޭން އިރާނުން ދެކޮޅު ހަދައިފި

  • 176 މީހަކު ވަނީ މަރުވެފައި
  • ފްލައިޓް ވެއްޓުނީ ތެހެރާނުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި
  • ހާދިސާ ދަނީ ތަހުގީގުކުރަމުން

އަލީ ސަމާޚް
AliSamah8

ކ. މާލެ 8 ޖެނުއަރީ 2020 | ބުދަ 20:31 7,706

ފްލައިޓް ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ - ފޯބްސް މަޖައްލާ

އިރާނުގެ ވެރިރަށް ތެހެރާން އަށް ވެއްޓުނު ޔޫކްރެއިންގެ ފްލައިޓްގެ ކަޅުފޮށި އެމެރިކާ އަށް ނުދޭނެ ކަމަށް އިރާނުގެ އެވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިޔާ އަލީ އަބެދްޒަދޭ ވިދާޅުވީ، ކަޅުފޮށި ފްލައިޓް އުފެއްދި ކުންފުނި (ބޮއިން) އާއި އެމެރިކާ އަށް އަށް ނުދޭނެ ކަމަށެވެ.

އިރާނުގެ ތެހެރާން އެއާޕޯޓުން ފުރައިގެން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނު ޔޫކްރެއިންގެ PS752 ފްލައިޓްގެ ދެ ކަޅުފޮއްޓެއް އިރާނުން ވަނީ ހޯދާފައެވެ. އަބެދްޒަދޭ ވިދާޅުވީ، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ އުސޫލަށް ބަލާއިރު، ފްލައިޓްގެ ތަހުގީގު ކުރިޔަށް ގެންދަން ޖެހޭ ގައުމު ނިންމާނީ ފްލައިޓް ވެއްޓުނު ގައުމުން ކަމަށެވެ.

މި ހާދިސާ އިރާނުގެ އޭވިއޭޝަނުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ތަހްގީގުގައި ޔޫކްރެއިންގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށް އިރާނުން ބުންޏެވެ.

ޔޫކްރެއިންގެ ރައީސް ވްލެޑްމިއަރ ޒެލެންސްކީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުގަ ހުރި އެޤައުމުގެ އެމްބަސީ މެދުވެރިކޮށް މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށާއި، މަރުވި މީހުންގެ މަޢުލޫމާތުތައް އެއްކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލައިޓް ވެއްޓުމާއެކު އެ ޞަރަޙައްދަށް އެމަރޖެންސީ ކުރޫން ފޮނުވި ނަމަވެސް، މުޅި ހިސާބުގައި އަލިފާން ރޯވެފައިވާތީ އެހީތެރިކަން ފޯރުކޮށްދެވިފައެއް ނުވެއެވެ. އެ ފްލައިޓް ވެއްޓި 176 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް