ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 22:00
ކަރަން ޖޯހަރް
ކަރަން ޖޯހަރް
-
ކަރަން ޖޯހަރް
ކަރަން ޖޯހަރްގެ ''ތަޙްތް''ގެ މަސައްކަތް ފަށައިފި
 
މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެ
 
ލޮކޭޝަންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރިޔަށް
 
ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރޭ

ޑައިރެކްޓަރ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ފިލްމު ''ތަޙްތު'' އުފެއްދުމުގެ މަސައްކަތް ފަށަައި ފިލްމުގެ މަންޒަރުތައް ނެގުމަށް ފިލްމު ކްރޫ ރާޖަސްތާނަށް ގޮސްފިއެވެ.

ކަރަން ވަނީ ފިލްމުގެ މަސައްކަތް ކުރިޔަށްދާ ގޮތް އޭނާގެ އިންސްޓަގްރާމްގައި ޝެއަރކޮށްފައެވެ. ކުރިން ހަމަޖެހިފައި އޮތްގޮތުން މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ފެށުމަށް އޮތީ ހުސްވި އަހަރުގެ އޮގަސްޓު މަހު ހިސާބުގައެވެ. އެކަމަކު ޕްރީ ޕްރޮޑަކަޝްނަސް މަސައްކަތް ބޮޑުވުމުން، ފިލްމުގެ މަންޒަރުތައް އަންނަ މަހު ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ފިލްމު ބިނާކޮށްފައިވަނީ ޝާހް ޖަހާންގެ ފުރަތަމަ ދަރިފުޅު ދަރާ ޝުކޮހް އައީ ތިން ވަނަ ދަރިފުޅު އޯރަންގްޒޭބްގެ ހަޔާތުގެ މައްޗަށެވެ. ދަރާގެ ރޯލުން ރަންވީރް ސިންހް ކުޅެން ހަމަޖެހިފައިވާއިރު އޯރަންގްޒޭބްގެ ރޯލު ކުޅެނީ ވިކީ ކޯޝަލްއެވެ.

ފިލްމުގައި އާލިޔާ ބަޓް، ބޫމީ ޕެދްނޭކަރް، ކަރީނާ ކަޕޫރް، ޖާންވީ ކަޕޫރް އަދި އަނިކް ކަޕޫރްވެސް ފެނިގެންދާނެއެވެ. ފިލްމު ރިލީޒް ކުރާނެ ތާރީހެއް ރަސްމީގޮތުން އިއުލާން ކޮށްފައިނުވިޔަސް، އަންނަ އަހަރު ސިނަމާތުގައި އެޅުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަރަން އެންމެ ފަހުން ސިނަމާތަކަށް ގެނެސްް ދިީފައިވަނީ އޭނާ ޕްރޮޑިއުސް ކުރި ފިލްމު ގުޑް ނިއުޒް އެވެ. އަކްޝޭ އާއި ކަރީނާ ކަޕޫރް ފެނިގެން ދިޔަ މި ފިލްމު ވަނީ ރަނގަޅު އާމްދަނީ އެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް