ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 12:16
ޔޫކްރެއިންގެ ފުލައިޓް ވެއްޓުނު ތަނުގައި އެމަރޖެންސީ ކުރޫން ހަރަކާތްތެރިވަނީ
ޔޫކްރެއިންގެ ފުލައިޓް ވެއްޓުނު ތަނުގައި އެމަރޖެންސީ ކުރޫން ހަރަކާތްތެރިވަނީ
ސީ.އެން.އެން
ޔޫކްރެއިން ބޯޓު ވެއްޓުން
ޔޫކްރެއިންގެ ބޯޓެއް ވެއްޓި 176 މީހުން މަރުވެއްޖެ
 
ބޯޓުން ދަތުރުކުރި މީހުންގެ އަދަދު މުޅިން ކަށަވަރުވެފައި ނުވޭ
 
މި ފުލައިޓްގައި 167 ފަސެންޖަރުންނާއި 9 ފަޅުވެރިން ދަތުރުކުރި

އިރާނުގެ ވެރިރަށް ތެހެރާންގެ އެއަރޕޯޓުން ފުރި ޔޫކްރެއިންގެ ފުލައިޓެއް ވެއްޓި އޭގެން ދަތުރުކުރި 176 މީހުން މަރުވެއްޖެއެވެ.

ފުލައިޓް ވެއްޓިފައިވަނީ ތެހެރާނުގެ އިމާމް ޚަމްނާއީ އެއަރޕޯޓުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ބޮއިން 737 މަރުކާގެ ބޯޓު ނައްޓާލާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ފުލައިޓުގަ 167 ފަސިންޖަރުންނާއި 9 ފަޅުވެރިން ދަތުރުކުރިއެވެ.

މި ފުލައިޓްގައި 176 މީހުން ތިބި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އެހެން މީޑިއާތަކުން ބުނެފައިވަނީ މި ބޯޓުގަ 180 މީހުން ތިބި ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވްލެޑްމިއަރ ޒެލެންސްކީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުގަ ހުރި އެޤައުމުގެ އެމްބަސީ މެދުވެރިކޮށް މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށާއި، މަރުވި މީހުންގެ މަޢުލޫމާތުތައް އެއްކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލައިޓް ވެއްޓުމާއެކު އެ ޞަރަޙައްދަށް އެމަރޖެންސީ ކުރޫން ފޮނުވި ނަމަވެސް، މުޅި ހިސާބުގައި އަލިފާން ރޯވެފައިވާތީ އެހީތެރިކަން ފޯރުކޮށްދެވިފައެއް ނުވެއެވެ.

ޔޫކްރެއިންގެ ބޯޓު ވެއްޓިފައިވަނީ ޕަރާންދު އަދި ޝާހުރިއަރ ސިޓީގެ މެދަށް ކަމަށް ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް