ކ. މާލެ
|
22 މާރޗް 2017 | ބުދަ 02:13
ޓްރާންސް މޯލްޑިއަން އެއަރވޭސްގެ ފްލައިޓް
ޓްރާންސް މޯލްޑިއަން އެއަރވޭސްގެ ފްލައިޓް
ޓްވިޓަރ
ޓްރާންސް މޯލްޑިއަން އެއަރވޭސް
ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި
 
2016 ވަނަ އަހަރު ޓީއެމްއޭއިން ވަނީ އެއްލައްކަ ވިހި ހާސް ފްލައިޓް އޮފަރޭޓްކޮށްފަ

ޓްރާންސް މޯލްޑިއަން އެއަރވޭސް ޓީއެމްއޭ އިން އެކުންފުނީގެ އެއާ ކްރާފްޓް ފްލީޓަށް ފްލައިޓެއް އިތުރުކޮށްފި އެވެ.

 

އެކުންފުންޏަށް އަލަށް ގެނައީ ޑީއެޗްސީ 6 ސީރީޒްގެ 300 މަރުކާރގެ ބޯޓެއް ކަމަށާއި ސީދާ ކެނެޑާއިން ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނެސްފައިވަނީ އަންގާރަ ދުވަހު ހަވީރު އެވެ.

 

ޓީއެމްއޭގެ ފްލީޓް ވަރުގަދަ ކުރީ ޓުއަރިޒް ސެކްޓައަށް ޑިމާންޑް އިތުރުވެ އަލަށް ހުޅުވޭ ރިސޯޓްތަކާއި އެކު ބެޑް ކެޕޭސިޓީ އިތުރުވެގެންދާތީ ކަމަށް ޓީއެމްއޭއިން ބުންޏެވެ.

 

އެކުންފުނިން ބުނީ މިއަހަރުގެ ތެރޭގައި ޓުއަރިޒަމް ސެކްޓަރަށް އަންނަ ކުރިއެރުމާއި ޑިމާންޑާއި އެއްވަރަށް އިތުރު ފްލައިޓްތައް ގެންނަން ވިސްނާފައިވާ ކަމަށެވެ.

 

2016 ވަނަ އަހަރު ޓީއެމްއޭއިން ވަނީ އެއްލައްކަ ވިހި ހާސް ފްލައިޓް އޮފަރޭޓްކޮށް 80،000 ފަތުރުވެރިންނަށް ޚިދުމަތް ދީފައެވެ.

 

އަލަށް ގެނައި ފްލައިޓާއި އެކު އެކުންފުނީގެ ފްލީޓް އިތުރަށް ވަރުގަދަކޮށްފައިވާއިރު ޓީއެމްއޭއިން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓާރަގެ ގޮތުގައި ދެމި އޮތުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް