ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 00:15
ސުލައިމާނީ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރަނީ
ސުލައިމާނީ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރަނީ
ރޮއިޓަރސް
އިރާނު
ސުލައިމާނީގެ ޖަނާޒާ: މަދުވެގެން 56 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
 
މިކަންކަމާއި ގުޅިގެން ސުލައިމާނީ ފަސްދާނުލުން ވަނީ ފަސްކޮށްފައި
 
56 މީހުން މަރުވެ 200ށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައި

ހުކުރު ދުވަހު އަވަހާރަކޮށްލާފައިވާ އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ގާސިމް ސުލައިމާނީގެ ޖަނާޒާގައި މިހާތަނަށް އާއިރު އެންމެ މަދުވެގެން 56 މީހުން ފިތިގެން މަރުވެއްޖެ އެވެ.

ރޮއިޓަރަސް އިން އިރާނުގެ ސްޓޭޓް މީޑިޔާ އާއި ހަވާލާދީ ބުނެފައިވަނީ މިހާތަނަށް އާއިރު 200 މީހުންނަށް އެކިވަރުގެ ހާނީއްކަ ލިބެގެން ފަރުވާ ދެމުންދާކަމަށެވެ. މިކަންކަމާ ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު ސުލައިމާނީ ފަސްދާނަ ލުމަށް ކުރަން ނިންމިނަމަވެސް ފަހުން ވަނީ އެކަމް ފަސްކޮށްފަ އެވެ. ސުލައިމާނީ ފަސްދާނަ ލުމަށް ހަމަޖެހިފައިވަނީ އޭނާގެ އުފަން ކަރްމަން ސިޓީގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މީހުން ފިތިގެން މަރުވަނީ އެތައް ބަޔަކު ސުލައިމާނީ ފަސްދާނަ ލުމަށް ހަމަޖެހިފައިވާ ގަބުރުސްތާނަށް ދިޔުމަށް މިސްރާބު ޖެހުމުންނެވެ. އަދި މިމީހުންނަކީ މީގެކުރީގެ އެއްވުންތަކަށް ނުދެވޭ މީހުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހުކުރު ދުވަހު އެމެރިކާއިން ވައިގެ މަގުން އިރާގަށް ދީފައިވާ ހަމަލާތަކުގައި ސުލައިމާނީ އަވަހާރަކޮށްލާފައިވާއިރު އޭނާގެ ހަށިގަނޑު އިރާނަށް ގެނައީ ހޮނިހިރު ދުވަހުއެވެ. އެންމެފުރަތަމަ ސުލައިމާނީގެ ހަށިގަނޑު ގެނައީ އަހްވަޒް އަށެވެ. އަދި އެއަށްފަހު ތެހެރާނަށްވެސް ވަނީ ގެންގޮސްފައެވެ.

އިރާނުގެ އެތައް ހާސްބަޔަކު ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މަގުތަކަށް ނިކުމެ ހިތާމަ ފާޅުކުރަމުންދާއިރު އެމެރިކާގެ ކިބައިން ބަދަލުހިފާ ޓްރަމްޕް އަވަހާރަކޮށްލުމަށް އެމީހުން އަންނަނީ ގޮވާލަމުންނެނެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެ ސަރަހައްދުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އަދި އިރާނާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
82%
18%
0%
0%
ކޮމެންޓް