ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 21:20
ހުސައިން ހައްގާނީ
ގޫގުލް
ޕާކިސްތާނު
ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތުގެ ހަތިޔާރަކަށް ޓެރަރިސްޓް ގްރޫޕްތައް ހެދުން ހުއްޓާލަން ގޮވާލައިފި
 
އަސްކަރިއްޔާއަށް ފުރުސަތުދީގެން ސިޔާސީ ޕާޓީތަކުން ތިބޭތީ ފާޑުކިޔާފައިވޭ
 
މިނިވަން ކޮމިޝަނެއް އެކުލަވާލަންވެސް ގޮވާލާފައިވޭ
 
މަދަނީ ހައްގުތަކަށް އަރައިގަތުން ހުއްޓާލުމަށްވެސް ގޮވާލާފައިވޭ

ޕާކިސްތާނުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގެ ހަތިޔާރަކަށް ޓެރަރިސްޓް ޖަމާޢަތްތައް ނުހެދުމަށް އެގައުމުން އެމެރިކާއަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު ހުސައިން ހައްގާނީ ގޮވާލައްވައިފިއެވެ.

ހައްގާނީ ބައިވެރިވެވަޑައިގެން، ސައުތު އޭޝިއަންސް އެގެއިންސްޓް ޓެރަރިޒަމް އެންޑް ފޮރ ހިއުމަން ރައިޓްސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ވަނީ ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަސްކަރިއްޔާއިން އަބަދުހެން ނުފޫޒު ފޯރުވުމާއި، މަދަނީ ހައްގުތަކަށް އަރައިގަތުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާގެ 'ބްލެކް ސައިޓް'ތަކުގައި ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރެވޭ މީހުންނާއި ދެކޮޅަށް މަދަނީ ކޯޓެއްގައި ދައުވާ އުފުލުމަށާއި، ދައުވާ އުފުލޭ ވަރަށް ހެކި ނެތް މީހުން ދޫކޮށްލުމަށްވެސް އެޖަމާޢަތުން ވަނީ ގޮވާލާފައެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި އަސްކަރިއްޔާއަށް ފުރުސަތު ދީގެން އެގައުމުގެ ސިޔާސީ ޕާޓީތަކުން ތިބޭތީ އެކަމަށްވެސް ހައްގާނީ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީ އަކީ ހަމައެކަނި އިންތިޚާބުގައި ވާދަކުރުން ނޫންކަމަށާއި، ޕާކިސްތާނުގެ ސިޔާސީ މަސްރަހު ޑިމޮކްރެޓިކް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ވާޖިބެއް ކަމަށެވެ. އަދި އަސްކަރިއްޔާގެ ނުފޫޒު ފޯރުވާފައިވާ އިންތިޚާބަކުން ނިކުންނަ ނަތީޖާއަކަށް ރުހިގެން ސިޔާސީ ޕާޓީތަކުން ތިބެން ނުޖެހޭކަމަށް ސައުތު އޭޝިއަންސް އެގެއިންސްޓް ޓެރަރިޒަމް އެންޑް ފޮރ ހިއުމަން ރައިޓްސްއިން ވަނީ ބުނެފައެވެ.

ހައްގާނީ ފަދަ ނުފޫޒުގަދަ އެހެން ބައެއް ފަރާތްތައްވެސް ހިމެނޭ ސައުތު އޭޝިއަންސް އެގެއިންސްޓް ޓެރަރިޒަމް އެންޑް ފޮރ ހިއުމަން ރައިޓްސް އިން ބޭއްވި ކޮންފަރެންސެއްގައި ޕާކިސްތާނުގެ ސަރުކާރަށް ގިނަ ކަންތައްތަކަށް ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ބަލޮޗިސްތާން ސަރަހައްދުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގާ ހަރަކާތްތައްވެސް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން، ނުވަތަ އިދާރާތަކުން ބާރު ލިބިގެން އެހެން ބައެއް ފަރާތްތަކުން ހިންގާ އޮޕަރޭޝަންތަކުގައި އާއްމުންގެ މީހުން މަރުވުމާއި، އެތައް ބަޔަކު ގެއްލިފައިވާތީ، އެކަންކަން ބެލުމަށް މިނިވަން ކޮމިޝަނެއް އެކުލަވާލަންވެސް ސައުތު އޭޝިއަންސް އެގެއިންސްޓް ޓެރަރިޒަމް އެންޑް ފޮރ ހިއުމަން ރައިޓްސް އިން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް