ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އީރާން

އީރާނުގެ ގެ ފޮރިން މިނިސްޓަަރަށް ވިސާ ދޭން އެމެރިކާއިން ދެކޮޅު

  • ވިސާ ނުދީ ހިފަހައްޓާފައިވަނީ ދެގައުމުގެ ގުޅުން އިތުރަށް ގޯސްވުމާއި ގުޅިގެން

ކ. މާލެ | 7 ޖެނުއަރީ 2020 | އަންގާރަ 13:47 | 8,972

އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް - ގޫގުލް

ބުރާސްފަތި ދުވަހު އޮންނަ ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލް ބައްދަލުވުމަށް ވަޑައިގަތުމަށް އިރާނުގެ ފޮރިން މިނިސްޓަރު މުޙައްމަދު ޖަވާދު ޒާރިފަށް ވިސާ ދިނުމަށް އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި މި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

ނަން ނުޖެހުމަށް ޝަރުޠުކޮށް ނޫސްތަކަށް މަޢުލޫމާތުދިން އެމެރިކާގެ އޮފިޝަލަކު ބުނީ އީރާންގެ ފޮރިން މިނިސްޓަރަށް ވިސާ ދިނުމަށް ދެކޮޅު ހަދާފައިވަނީ އެމެރިކާއިން އީރާނުގެ މިލިޓަރީ ކޮމާންޑަރު ޤާސިމް ސުލައިމާނީ މަރާލި މައްސަލައާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ވެރިވެފައިވާތީ ކަމަށެވެ.

ޔޫއެންގެ ހެޑްކުއާޓަރ އެގްރީމެންޓްގައިވާ ގޮތުން، ބޭރުގެ ޑިޕްލޮމޭޓުންނަށް އެޤައުމަށް އެތެރެވުމުގެ ހުއްދަ އެމެރިކާއިން ދޭންޖެހެއެވެ. ނަމަވެސް ވޮޝިންގޓަނުން ބުނެފައިވަނީ ޤައުމުގެ ސަލާމަތާއި، ޓެރަރިޒަމް އަދި ފޮރިން ޕޮލިސީއާއި ގުޅުން ހުރި ކަންކަމުގެ ސަބަބުން ވިސާ ނުދީ ހިފަހެއްޓިދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.