ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 12:19
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
އިމްރާން މިހައްދަވަނީ ކިހިނެއް؟
 
މައުލޫމާތު ހޯދަން ނޫސްވެރިން އުޅެއުޅެ ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ލިބޭ ގޮތެއް ނުވި

ނިމިގެން މިދިޔަ ހަފުތާ ބަންދާއި، މިހަފުތާގެ ކުރީކޮޅު އެންމެ ހަރު އަޑުން އިވޭ އެއް ވާހަކަޔަކީ މާފުށީ ޖަލުގަ، ހަމަނުޖެހުންތަކެއް ހިންގި ވާހަކައެވެ. ޖަލުގައި ކަމެއް ހިނގިކަން އެންމެންނަށް އެނގެއެވެ. އެހެންނަމަވެސް އެއްކޮށް ސާފުނުވީ ހިނގީ ކޮން ކަމެއްކަމެވެ.

މިކަމުގަ، އޮޅުންތަކެއް އަރަން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގައި އޮޅުވާލުންތަކެއް ގެންގުޅުމެވެ. ޖަލުތަކާއި ހަވާލުވެ ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި، ޖަލުތަކުގެ ކަންތައް މޮނީޓަރކުރުމަށް ޤާނޫނުން މަތިކޮށްފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާއި، މިކަމުގެ ތެރެއަށް ކިހިނެއް އައި ބައެއްކަން ކަށަވަރުނުވާ ފުލުހުން ދައްކާ ވާހަކަ ދިމައެއް ނުވެއެވެ. އެއް ބަޔަކު އަނެއް ބަޔަކު ދައްކާ ވާހަކަ ދޮގުކުރާއިރު، މީގެ ތެރެއިން ތެދު ހަދަނީ ކާކުކަމެއް ސާފެއް ނުވިއެވެ.

ހަފުތާ ބަންދުގައި އަޑު އިވިގެންދިޔައީ މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގި ވާހަކައެވެ. މީޑިއާތަކަށް ރަނގަޅަށް އެވާހަކަތައް ނާރަނީސް ދެން އަޑު އިވުނީ ޖަލުތަކުގައި ތިބި ޤައިދީން ޖަލު އޮފިސަރުންނަށް އަނިޔާކުރާ ވާހަކަޔާއި، އެކަން ހުއްޓުވުމުގެ ވާހަކަތަކެއް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވި ވާހަކައެވެ. ކުއްލިއަކަށް ހަމަ ހުންނަވާފައި މުނާޒް އެޒާތުގެ ވާހަކަފުޅެއް ދައްކަވަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ ހަމަގައިމު ކަމެއް ނުހިނގަނީސް އެފަދަ އެއްޗެއް ވިދާޅެއް ނުވާނެއެވެ. އެހެންނަމަވެސް ވީ ކީއްކަމެއް މުނާޒް ވިދާޅު ނުވިތާނގައި، އެކަމާއި ބެހޭ މަޢުލޫމާތު ހޯދަން ނޫސްވެރިން އުޅެއުޅެ ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ލިބޭ ގޮތެއް ނުވިއެވެ.

ދެން ޖެހިގެން އައި އާދިއްތަ ދުވަސްވީ އާދައިގެ ދުވަހަކަށް ނޫނެވެ. ކުއްލިއަކަށް ރާއްޖޭގެ މީޑިއާއަކުން ޢާންމު ކުރި ވީޑިއޯއަކީ ޤައިދީންތަކެއް ކުޑަކަކޫ މައްޗަށް ތިރިކޮށްގެން ކަރެކްޝަންސްގެ އޮފިސަރުން އެމީހުންގެ މޫނަށް ފެން އަޅަމުންދާތަން ބައްލަވަން މުނާޒާއި، ކަރެކްޝަންސްގެ އިސްވެރިންތަކަކާއި، ފުލުހުންގެ ދެ ބޭފުޅަކު ތިއްބެވި ތަނެވެ. ޖަލަށް ފުލުހުން ވަންނަން ޖެހުނީ ކީއްވެތޯ ވަގުތުން މީހުން ސުވާލުކުރަން ފެށުމުން މުނާޒުގެ ޖަވާބަކަށްވީ އެތަނަށް ފުލުހުން ދިޔައީ ޤައިދީން، ޖަލު އޮފިސަރުންނަށް އަނިޔާކުރާ މައްސަލަ ތަހުޤީޤުކުރަން ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ މިހެން ވިދާޅުވިއިރު، މިއީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ފުލުހުންގެ އިދާރާ ދެނަހުރި ކަމެއް ނޫނެވެ. ފުލުހުން ބުނީ އެތަނަށް ފުލުހުން ދިޔައީ ބައްދަލުވުމަކަށް ދަޢުވަތު ދިނުމުން، އެބައްދަލުވުމަށް ކަމަށެވެ. އަދި އެފަދަ ތަހުޤީޤެއް ނުހިންގާ ކަމަށެވެ. އެތައް ދިވެހިންނެއް ތިބި ޖަލެއް ބަލަހައްޓާ އެންމެ އިސްވެރިޔާ މިހެއްދެވީ އިތުރުފުޅެއް ނޫންތޯއެވެ؟

އަނެއް ކަމަކީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްގެ ނަން ބޭނުންކޮށްގެން ކަރެކްޝަންސް އިން ދޮގު ހެދުމެވެ. ޤާނޫނުގެ ދަށުން ޖަލުތައް ބަލާ ފާސްކުރުމުގެ ބާރު ލިބިދީފައިވާ އެމަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު ވަނީ ކަރެކްޝަންސްއިން ޢަމަލުކުރި ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޖަލުގަ، ހަމަނުޖެހުންތަކެއް ހިނގުމާއި ގުޅިގެން ބާރުގެ ބޭނުންކުރިކަން ސިއްރުކުރަން ކަރެކްޝަންސް އިން މަސައްކަތް ކުރިނަމަވެސް، އެކަން އިންސްޕެކްޓަރ ވަނީ ފާހަގަކުރައްވައި، ހަމަނުޖެހުން ހިނގިކަން ހާމަކުރައްވާފައެވެ. އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެދުވަހު ޤައިދީންނާއި، ޖަލު އޮފިސަރުންނާއި ދެމެދު ހަމަނުޖެހުން ހިނގާފައިވަނީ ސީނިއަރ އޮފިސަރުން ކޮމިޝަނަރ މުނާޒަށް އެރުވި ލަފަޔާ ޚިލާފަށް ޢަމަލުކުރުމަށް ނިންމެވުމުންނެވެ.

މި ހުރިހާ ކަމެއް މިހިނގަނީ ހޯމް މިނިސްޓަރ ޝައިޚް އިމްރާނުގެ ބެއްލެވުމުގެ ދަށުގައި ހުރި އިދާރާތަކުގެ މެދުގައި، އިމްރާނަށް ރިޕޯޓުކުރަން ޖެހޭ މުވައްޒަފުންގެ މެދުގައެވެ. ސުވާލަކީ އިމްރާން މިހައްދަވަނީ ކިހިނެއްތޯއެވެ؟ މުއައްސަސާތުގެ އިސްވެރިންގެ ކޮންޓްރޯލް ގެއްލި، އިމްރާންގެ އަތްދަށުން ޖަލުގެ ކޮންޓްރޯލްވެސް ދަނީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
10%
20%
0%
0%
50%
ކޮމެންޓް
7 ޖެނުއަރީ 2020 | އަންގާރަ 13:03
އަލީ އަޙުމަދު
ފުލުހުން މާފުށިޖަލަށް ދިޔައީ މީޓިންއަކަށް ކަމަށް ފުލުހުންބުނި! އެކަމަކު ޤައިދީންނަށް އަނިޔާކުރިކަމަށް ބުނާ ވީޑިއޯއިންނާއި ފޮޓޯތަކުން މީޓިންއަށްދިޔަ ކަމަށްބުނާ ފުލުހުންފެނޭ! ފުލުހުން މިހަދާ ގޮތެއްވެސް މިކިޔާ އެއްޗެއްވެސް މަށަކަށް ނޭންގުނު!
7 ޖެނުއަރީ 2020 | އަންގާރަ 12:54
ފަރޫ
ޖަލުގެ ކޮންޓްރޯލް އޮތީ އިމްރާން އަދި މުނާޒް އަތުގަ. މި ދެމެދަށް ވަންނަން ބޭނުން ވާ މިހަކު މިނިސްޓަރީތެރޭ ހުރުމުން އޭގެ ގެއްލުން އެންމެނަށް މި ކުރަނީ. މުޅި ސަރުކާރަށް. މިކަމުގައި މިނިސްޓަރިގެ މުވައްޒަފުންނާެި ކަރެކްޝަންސް މުވައްޒަފުން ޖައްސުވަނީ.
7 ޖެނުއަރީ 2020 | އަންގާރަ 12:23
ހެހެ
އެޖެންޑާ 19 ގެ އޯގާތެރި ސަރުކާރުން ރައްޔިތުންގެ ގައިގައި ފިރުމާތަން މިފެންނަނީ. ރާއްޖެ އެމްވީއަށް މިކޮމެންޓް ޖަހަން ކެރޭނެބާ. އަދިވެސް ގޮވާ ޔާމީނޭ