ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 09:51
ޖެނިފަރ އެނިސްޓަން/  ބްރެޑް ޕިޓް
ޖެނިފަރ އެނިސްޓަން/ ބްރެޑް ޕިޓް
ޓްވިޓަރ
ބްރެޑް ޕިޓް
ޖެނިފަރ އެނިސްޓަން އަކީ އަހަރެންގެ ގާތް ރައްޓެއްސެއް: ބްރެޑް ޕިޓް
 
ބްރެޑް އަށް ސަޕޯޓިންގް އެކްޓަރގެ އެވޯޑު ލިބުމާއި ގުޅިގެން އެންމެ ބޮޑަށް އުފާފާޅު ކުރަމުން ގެންދިޔައީ ޖެނިފަރ

ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން ޖެނިފަރ އެނިސްޓަން އަކީ ހަމަ އެކަނި އޭނާގެ ގާތް ރައްޓެއްސެއް ކަމަށް ބުނެފިއެވެ.

އާންމުންގެ މެދުގައި މަޝްހޫރު ސީރީޒް "ފްރެންޑްސް"ގެ ރޭޗަލް ގެ ރޯލުން ފެނިގެން ދިޔަ ޖެނިފަރ އާއި އޮންނަ ގުޅުމާއި ބެހޭ ގޮތުން ބްރެޑް ވަނީ ދާދި ފަހުން މީޑިއާ އާއި ހިއްސާކޮށްފައެވެ. ބްރެޑް ބުނީ ޖެނިފަރ އަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ.

ބްރެޑް މިހެން ބުނެފައިވާއިިރު އެ ދެމީހުން ވަނީ ދާދި ފަހުން ބޭއްވި ގޯލްޑެން ގްލޯބްސް އެވޯރޑު ދިނުމުގެ ހަފުލާއަށް ގޮސްފައެވެ. އަދި މި ހަފުލާފައި ޖެނިފަރ އާއި ދިމާވުމުން ކުރެވޭ އިހުސާސަކީ ކޮބައިތޯ ބްރެޑް އާއި ކުރިމަތި ކުރެވުނު ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ " ޖެން އާއި އަދި ދިމާވާނެ، އެއީ ގާތް ރައްޓެއްސެއް"

އެވޯޑު ދިނުމުގެ ހަފުލާގަ ބްރެޑް އަށް "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" ގެ އެންމެ މޮޅު ސަޕޯޓިންގް އެކްޓަރގެ އެވޯޑު ލިބުމާއި ގުޅިގެން އެންމެ ބޮޑަށް އުފާ ފާޅު ކުރަމުން ގެންދިޔައީ ޖެނިފަރކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް