ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 23:30
ދިޕިކާ ޕަދުކޯން
ދިޕިކާ ޕަދުކޯން
ގޫގުލް
ދިޕިކާ ޕަދުކޯން
ދިޕިކާ ޓިކްޓޮކްއަށް، 12 ގަޑިއިރުތެރޭ މިލިއަން ފޭނުން
 
ބޮލީވުޑްގެ ގިނަ ފަންނާނުން ދަނީ ޓިކްޓޮކް އާއި ގުޅެމުން
 
ޓިކްޓޮކާއި ގުޅުނީ މި މަހަ 4 ވަނަ ދުވަހު
 
ދިޕިކާ އެންމެ އަވަހަށް ފެނިގެންދާނީ ޗަޕަކް އިން

ބޮލީވުޑް އެކްޓްރެސް ދިޕިކާ ފަދުކޯން ޓިކްޓޮކްއާ ގުޅުނުތާ 12 ގަޑިއިރު ތެރޭގައި އެއް މިލިއަން ފޮލޯވަރުން ލިބިއްޖެއެވެ.

''ޗަޕަކްގެ'' ޕްރޮމޯޝަން ގައި ބިޒީކޮށް އުޅެމުންދާ ދިޕިކާ ޓިކްޓޮކާއި ގުޅިފައިވަނީ އޭނާގެ އުފަން ދުވަހުގެ އެއް ދުވަސް ކުރިން މި ހިނގާ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޓިކްޓޮކްއަށް އަޕްލޯޑް ކޮށްފައިވާ ފުރަތަމަ ހަ ވީޑިއޯ އަށް 54 މިލިއަން ވިޔުސް ލިބިފައިވާއިރު، ތިން ވީޑިއޯ އަކަށް 12 މިލިއަން ވިއުސް ލިބިފައިވެއެވެ. އޭގެތެރެއިން ބައެއް ވީޑިއޯ ތަކުގައި ''ޗަޕަކް'' ފިލްމު އެ މީހެއްގެ މައްޗަށް ބިނާކޮށްފައިވާ ލަކްޝްމީ އަގަރްވާލްވެސް ދެ ވީޑިއޯއަކުން ފެނިގެންދެއެވެ.

ދިޕިކާ އެންމެ އަވަހަށް ފެނިގެންދާ ފިލްމު ޗަޕަކް ރިލީޒް ކުރާނީ މި މަހުގެ 10 ވަަނަ ދުވަހުއެވެ. އެ ފިލްމުގައި ދައްކުވައި ދެނީ ލޯބީގެ މައްސަލައެއްގައި އުމުރުން އެންމެ 15 އަހަރުގައި ލަކްޝްމީ އަގްރަވާލް އަށް ކުރިމަތިވި އެސިޑް ހަމަލާއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހާދިސާ އެވެ. ފިލްމު ޗަޕާކްގެ ޓްރެއިލަރ ރިލީޒްކުރުމާއެކު އެތައް ބައެއްގެ ތައުރީފް އެ ޓްރެއިލަރ އަށް އަމާޒުވެފައިވާއިރު މިފިލްމު ނިކުންނާނެ ދުވަހަކަށް އިންތިޒާރު ކުރާވެސް އެތައް ބަޔަކު އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް