ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 08:50
ކޮރޭޝިއާގެ އިންތިހާބީ ރައީސް ޒޯރާން
ކޮރޭޝިއާގެ އިންތިހާބީ ރައީސް ޒޯރާން
ގޫގުލް
ކޮރޭޝިއާ
ކޮރޭޝިއާގެ ރައީސްކަމުގެ އިންތިޚާބު ޒޯރާން ކާމިޔާބު ކުރައްވައިފި
 
ޒޯރާން އިންތިހާބު ކާމިޔާބު ކުރެއްވީ 53 އިންސައްތަ ވޯޓާއެކު

ކްރޮއޭޝިއާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ވާތުފިޔައިގެ ކުރީގެ ބޮޑުވަޒީރު ޒޯރާން މިލަނޮވިކް ކާމިޔާބު ކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ކްރޮއޭޝިއާގަ ބޭއްވި ރިޔާސީ އިންތިޚާބު ޒޯރާން ކާމިޔާބު ކުރެއްވީ 53 އިންސައްތަ ވޯޓާއެކުއެވެ. ޒޯރާން ވާދަކުރެއްވި އެޤައުމުގެ މިހާރުގެ ރައީސް ކޮލިންޑާ ގްރަބަރ ކިޓަރިވިކްއާ ވާދަކުރައްވައެވެ.

މިހާތަނަށް 99 އިންސައްތަ ވޯޓުފޮށި ގުނާފައިވާ އިރު، 53 އިންސައްތަ ވޯޓު ކާމިޔާބުކުރެއްވީ ޒޯރާންއެވެ. މިއާއެކު މި އަހަރުގެ ފަހުކޮޅު އެ ޤައުމުގަ ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ވެސް މިކަމުގެ އަސަރު ކުރާނެކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ޒޯރާން ކްރޮއޭޝިއާގެ ބޮޑުވަޒީރުކަމުގަ ހުންނެވީ 2011 ވަނަ އަހަރުން 2015 ވަނަ އަހަރަށެވެ. އޭނާ ވަނީ އެޤައުމުގެ ބޮޑުވަޒީރާއެކު މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި