ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 08:53
އަގު އުފުލިފައިވަނީ އިރާނުގެ ސަލާމަތީ ބާރުގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން
އަގު އުފުލިފައިވަނީ އިރާނުގެ ސަލާމަތީ ބާރުގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން
އެންސީބީ ނިއުސް
ތެލުގެ ބާޒާރު
ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ
 
މެދުއިރުމައްޗަކީ ދުނިޔޭގެ އެންމެ ގިނަ އަދި ބޮޑެތި އޮއިލް ޕްރޮޑިއުސަރުން ތިބި ސަރަހައްދު
 
މައްސަލަ ހައްލު ނުވެއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިހާރަށްވުރެވެސް މަތިވާނެ ކަމަށް ބެލެވޭ
 
ތެޔޮ ފީފާއެއްގެ އަގު 3 އިންސައްތަ ވަނީ މައްޗަށް ގޮސްފައި

ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު އުފުލިފައިވަނީ އެމެރިކާއިން ޙަމަލާދީ އިރާނުގެ ސަލާމަތީ ބާރުގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ކުއްލިއަކަށް 3 އިންސައްތަ މައްޗަށް ގޮސްފައިވާއިރު ތެޔޮ ފީފާއެއްގެ އަގު ވަނީ 69.50 ޑޮލަރަށް އަރާފައެވެ.

ޕީޓަރސަން އިންސްޓިޓިއުޓް ފޮރ އިންޓަރނޭޝަނަލް އިކޮނޮމިކްސްގެ ސީނިއަރ ފެލޯ އަދި އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުން ކުރިން މެދުއިރުމައްޗަށް ކަނޑައަޅާފައިހުރި ޑެޕިއުޓީ ޑިރެކްޓަރ އަދްނާން މަޒަރައި ވިދާޅުވީ މި މައްސަލަ ޙައްލުނުވެ، އަސްކަރީ ކުރިމަތިލުންތަކަކަށް ބަދަލުވެއްޖެނަމަ ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގުތައް މިހާރަށްވުރެވެސް މަތިވާނެކަމަށެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އަދި ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާ ޞަރަޙައްދެވެ. މިފަދަ ހަމަނުޖެހުންތަކެއްގެ ސަބަބުން ބައިނަލްއަޤުވާމީ މާރކެޓުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށްދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހަށް ފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ތެލާއި ހަކަތައިގެ ބާޒާރުގަ އިރާނަކީ އެންމެ ބާރުގަދައެއް ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
50%
0%
0%
ކޮމެންޓް