ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 08:31
އިރާގު
އިރާގު
އަލްޖަޒީރާ
އިރާގު
އިރާގުގަ ހުންނަ އެމެރިކާ އެމްބަސީ އަށް އަމާޒުކޮށް އަނެއްކާވެސް ރޮކެޓު ހަމަލާތަކެއް ދީފި
 
މަންޒަރުދުށް މީހަކާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ ދެ ހަމަލާ އަމާޒުވެފައިވަނީ އެމެރިކާ އެމްބަސީ ކައިރިއަށް
 
މިހަމަލާތަކުގައި ހަ މީހުން ޒަޚަމް ވެފައިވާކަމަށް އިރާގު ޕޮލިހުން ބުނޭ

އިރާޤުގަ އެމެރިކާ އެމްބަސީ ހުންނަ ޞަރަޙައްދަށް އަނެއްކާވެސް ރޮކެޓު ޙަމަލާތަކެއް ދީފި އެވެ.

އިރާޤު ސިފައިންނާ ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބަޣްދާދުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި އޮންނަ ޞަރަޙައްދުކަމުގައިވާ "ގްރީން ޒޯން"އަށް ހަ ރޮކެޓު ޙަމަލާ ދީފައިވާކަމަށެވެ. މީގެތެރެއިން ތިން ޙަމަލާ އައިސްފައިވަނީ ގްރީން ޒޯނަށްކަމަށް އިރާޤު ސިފައިންވަނީ ބުނެފަ އެވެ.

މިޙަމަލާތަކުގަ ހަ މީހުން ޒަޚަމްވެފައިވާކަމަށް އިރާޤު ފުލުހުން ބުނެއެވެ. މަންޒަރު ދުށް މީހަކާ ޙަވާލާދީ އޭއެފްޕީން ބުނެފައިވަނީ ދެ ޙަމަލާ ޢަމާޒުވެފައިވަނީ އެމެރިކާ އެމްބަސީ ކައިރިއަށެވެ.

އާދީއްތަ ދުވަހުގެ ރޭ މިޞަރަޙައްދަށް ޢަމާޒުކޮށް ރޮކެޓު ޙަމަލާތައް ދީފައިވާއިރު ހޮނިހިރު ދުވަހުގެ ރޭ ވެސް ވަނީ އެމެރިކާ އެމްބަސީއަށް ރޮކެޓު ޙަމަލާތަކެއް ދީފަ އެވެ. އަދި މިއީ ފާއިތުވި ދެ މަސްދުވަސްތެރޭގައި އިރާޤުގަ ތިބޭ އެމެރިކާ ސިފައިންނާއި މީހުންނަށް ޢަމާޒުކޮށް ދީފައިވާ މިފަދަ ސާދަ ވަނަ ޙަމަލާއެވެ.

އިރާޤުން ބުނެފައިވަނީ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލި ޙަމަލާދީފައިވަނީ އެޤައުމުން އެކަމަށް އިންކާރުކޮށްފައިވަނިކޮށް ކަމަށެވެ. އެހެން ކަމަށްވާނަމަ ޤާސިމް އަވަހާރަކޮށްލި ޙަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފު އަމަލެކެވެ. ބައިނަލް އަޤުވާމީ ޤާނޫނު ބުނާގޮތުން އެ ޤައުމެއްގެ ހުއްދަ ނެތި އެޤައުމުގެ ޞަރަޙައްދުގައި ޙަމަލާދިނުމަކީ މަނާކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
25%
0%
0%
25%
25%
ކޮމެންޓް