ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 19:09
ބޮޑު ޗުއްޓީ ނައިޓް މާކެޓުގެ ތެރެއިން
ބޮޑު ޗުއްޓީ ނައިޓް މާކެޓުގެ ތެރެއިން
ރާއްޖެއެމްވީ
ބޮޑު ޗުއްޓީ ނައިޓް މާރކެޓު
ބޮޑު ޗުއްޓީ ނައިޓް މާކެޓަށް ބޮޑު ތަރުހީބެއް
 
ނައިޓް މާކެޓް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4 އަކުން ރޭގަނޑު 11 އަށް
 
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނައިޓް މާކެޓް ކުރިއަށްދާނެ

ސްކޫލް ބަންދާ ދިމާކޮށް ކުރިއަށްގެންދާ "މާލޭ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސްކައިލައިޓް އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސްކައިލައިޓް ކުންފުނީގެ އިވެންޓު މެނޭޖަރު އަހްމަދު ލައްސާން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ އަދަދެއްގެ އާންމުން ނައިޓް މާކެޓަށް އައިސްފައިވާ ކަމަށާއި މިފަހަރު އެންމެ ގިނައީ ކާބޯތަކެތީގެ ސްޓޯލްތައް ކަމަށެވެ.

ނައިޓް މާކެޓް އިންތިޒާމުކުރާ ސްކައިލައިޓް ކުންފުނިން ބުނީ، މިފަހަރުގެ މާކެޓް ކުރިޔަށްދަނީ 150 ސްޓޯލާއި އެކުގައި ކަމަށެވެ. މި ސްޓޯލްތަކުން، އަންނައުނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ސެންޓުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެކަމަށެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 4 އަކުން ރޭގަނޑު 11 އަށް ނައިޓް މާރކެޓް ޢާންމުކޮށް ހުޅުވާލާފައިވާކަމަށް ސްކައިލައިޓް އިން ބުނެއެވެ.

ރަސްފަންނު ޞަރަޙައްދުގަ މި މަހުގެ 3 ވަނަ ދުވަހު ނައިޓް މާރކެޓް ފަށާފައިވާއިރު، 10 ވަނަ ދުވަހާއި ހަމަޔަށް މާކެޓް ކުރިޔަށްދާނެ ކަމަށް މާކެޓް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ކުރިއަތް އޮތްތާނގައި ވެސް އެ ކުންފުނީގެ ފަރާތުން އިތުުރު ނައިޓް މާކެޓްތައް ބާއްވާނެ ކަމަށް ސްކައިލައިޓުން ބުނެއެވެ.

މާލޭ ސިޓީގަ ބޮޑު ޗުއްޓީ ނައިޓް މާކެޓް ކުރިޔަށްދާއިރު، ހުޅުމާލޭގަ ނައިޓް މާރކެޓް ބާއްވާ އުޞޫލު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދާދި ފަހުން ވަނީ ޢާންމުކޮށްފައެވެ. އެޗްޑީސީން ޢާންމުކުރި އުޞޫލުގައި ބުނެފައިވަނީ، ނައިޓް މާކެޓް ހުޅުމާލޭގައި ބޭއްވޭނީ ކޮންމެ އަހަރަކު ދެ ފަހަރުކަމަށެވެ. އަދި ބޭއްވޭނީ ކޮންމެވެސް މުނާޞަބަތަކާ ގުޅުވައިގެން ކަމަށާއި، މި މުނާޞަބަތުތައް ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

ހުޅުމާލޭގަ ނައިޓް މާރކެޓް ބާއްވާ އުޞޫލު އެޗްޑީސީން ކަނޑައަޅާފައިވާއިރު، މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މާކެޓް ހިންގުމަށް ހުށައަޅާ ފަރާތަކީ ސައްތައިން ސައްތަ ދިވެހި ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށެވެ. އެ ވިޔަފާރިއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގަ ރަޖިސްޓްރީ ކުރި ފަހުން 2 އަހަރުވެފައިވާ ވިޔަފާރިއަކަށްވުން ވެސް އެ އުޞޫލުގަ ލާޒިމު ކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ "ފެއަރ، ނައިޓު މާކެޓު ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުޞޫލު" އެއް އެކުލަވާލާ ޢާންމުކޮށްފައެވެ.

އެ އުޞޫލުގައި ބުނެފައިވަނީ ނައިޓު މާކެޓުގަ ބައިވެރިވާ ފަރާތްތަކަކީ ރާއްޖޭގަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ނުވަތަ ޖަމްޢިއްޔާ އަކަށް ވާންޖެހޭނެ ކަމަށެވެ. އެކަން ޔަޤީން ކުރަންޖެހޭނީ ނައިޓު މާކެޓު ބާއްވާ، އިންތިޒާމު ކުރާ ފަރާތުން ކަމަށް އެ އުޞޫލުގައި ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް