ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އިރާން - އެމެރިކާ

ވައިޓް ހައުސް އަށް ވެސް ހަމަލާ ދެވިދާނެ: އިރާން

  • އިންޒާރުދެއްވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް
  • އެމެރިކާގެ ފަސްގަނޑުގައި، އެ ގައުމަށް ހަމަލާ ދެވެނޭ: މެމްބަރު
  • އެމެރިކާގެ ފަސްގަނޑުގައި، އެ ގައުމަށް ހަމަލާ ދެވެނޭ:މެމްބަރު

ކ. މާލެ | 5 ޖެނުއަރީ 2020 | އާދީއްތަ 22:42 | 24,601

އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތަކެއް - އޭޕީ

އެމެރިކާގެ ރައީސްގެ ރަސްމީ ގެކޮޅު ވައިޓް ހައުސް އަށް ހަމަލާދީފާނެ ކަމުގެ އިންޒާރުދެމުން، އިރާނުން ޓްރަމްޕް އަށް ހޫނު ރައްދެއް ދީފިއެވެ.

އިރާނުގެ ލޭބަރ އެޖެންސީއާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އަށް މި ފަދަ އިންޒާރެއް ދީފައިވަނީ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަބޯލްފަޒަލް އަބޫތޯރާބީ އެވެ.

އޭނަ ވިދާޅުވީ، އިރާނުގައި ބާރު އެބައޮތް ކަމަށާއި، ކަލާނގެ އިރާދަފުޅާއިއެކު އެންމެ ރަނގަޅު ވަގުތުގައި ހަމަލާދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ފަސްގަނޑުގައި އެ ގައުމަށް ހަމަލާދެވިދާނެ ކަމަށެވެ.

އަބޫތޮރާބީ ވިދާޅުވީ، މި އަކީ ހަނގުރާމާ އިއުލާން ކުރުން ކަމަށެވެ. އަދި އޭގެ މާނައަކީ ލަދުގަނެއްޖެއްޔާ ބަލިވާނެކަމެވެ.

ބަޔަކު ހަނގުރާމަ އިއުލާން ކުރުމުން، ކަލޭމެން ބޭނުންވަނީ އަރާ އުންޑަތަކަށް، މަލުން ރައްދުދޭންތަ؟ އެމީހުން ޖަހަނީ ބޮލަށް .

~ އިރާން

ވައިޓްހައުސް އަށް ހަމަލާދޭނެ ކަމަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކު ވިދާޅުވެފައިވާއިރު، އިރާނަށް ހަމަލާދޭން 52 ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އިރާނާއި އެމެރިކާ އަކީ އަބަދުވެސް ހަތުރުންނެވެ. މި ދެގައުމުގެ ދެމެދުގައި ގުޅުން އަބަދުވެސް ގޯސްވެފައިވާއިރު، މި ފަހަކަށް އައިސް ދުވަހަކުވެސް ގޯސްނުވާ ވަރަށް މަޝްރަހު ގޯސްވެގެން މި އުޅެނީ އެމެރިކާއިން އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

އޭނާގެ މަރާއި އެކު މެދުއިރުމަތީގެ ހާލާތު ގޯސްވެ ތިން ވަނަ ބޮޑު ހަނގުރާމާއެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. އެއަށް ފަހު ދެ ގައުމުން ވެސް ދަނި ބަހުގެ ހޫނު ހަމަލާތައް ރައްދު ކުރަމުންނެވެ. އެމެރިކާގެ ރައީސް ގެންދަވަނީ ޓްވީޓަކަށް ފަހު ޓްވީޓެއް ކުރައްވައި ފުލުފުލުގައި އިރާނަށް އިންޒާރުތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.