ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 19:06
އިދިކޮޅު ފަރާތްތަކުން ޔާމީނަށް ހުކުމް ކުރި ދުވަހު ބޭއްވި އެއްވުމެއްގެ ތެރެއިން
އިދިކޮޅު ފަރާތްތަކުން ޔާމީނަށް ހުކުމް ކުރި ދުވަހު ބޭއްވި އެއްވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓު
ހިނި ފަރުބަދަ ކަނޑާ އުސޫލުން، 96 މީހުންނާއެކު އިދިކޮޅަކަށް ވެރިކަމެއް ނުވެއްޓޭނެ!
 
ރައްޔިތުންގެ އިތުބާރު މިހާރު އެފަރާތްތަކަށް ނެތް
 
ސަރުކާރު ވައްޓާލުމަކީ އަބަދުވެސް ކިޔާ އެއްވާހަކަ
 
އިދިކޮޅުން ބޭއްވި އެއްވުންތައް ހުއްޓިއްޖެ

މަލްޓި ޕާޓީ ސިސްޓަމެއް އޮވެމެ ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރަމުންދާ ސިޔާސީ ޕާޓީތަކަށް ހަގީގަތުގައި ސަރުކާރު ޖަވާބު ދާރީކުރުވުމަށް އެއްވެސް މަސައްކަތެއް ނުކުރެވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާޒީގައި ޔާމީން ބޭނުންވާ ސިޔާސީ ހަރަކާތްތައް ނޫން ހަރަކާތެއް ނުހިންގޭ އިރު އެއިރު ވެރިކަމުގައި އޮތް ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ސިޔާސީ ހަރަކާތް ހިންގިގެންވާނެ ކަމަށް ސަރުކާރުންނެއް ގަބޫލެއް ނުކުރެއެވެ. ފެހި ގާނޫނުއަސާސީއާއެކު ދިވެހިން ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރެސީގައި ޕާޓީތަކަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް އޮންނަންޖެހޭ އިރު ބޮޑު ގޮނޑިއަށް ވެޑުވިގެން އެއިރު އިންނެވި ރައީސް އެކަމަކަށްވެސް ފުރުސަތެއް ނުދެއްވައެވެ.

ޒިންމާދާރުވެރި އިދިކޮޅެ ޕާޓީއެއްގެ ވާހަކައަކި މި ސަރުކާރު ވުޖޫދަށް އައިއްސުރެން އަޑުއިވިގެންދާ އެއް ވާހަކައެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއަސް، މުޒާހަރާއެއް ކުރިޔަސް، ޖަލްސާއެއް ބޭއްވިއަސް ސަރުކާރު ޖަވާބު ދާރީ ކުރުވާ ވާހަކަ ނޫނީ އިދިކޮޅު ފަރާތްތަކަށް ނުދެއްކެއެވެ. ތެދުވާހަކައެއް، ޙަޤީޤީ ދިމިކްރާތީ ވެރިކަމެއްގައި ޒިންމާދާރުވެރި އިދިކޮޅު ފަރާތެއް އޮންނަން ޖެހޭ ކަމީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ސަރުކާރު ވުޖޫދައް އައީއްސުރެން އެފަރާތްތަކުން ކުރި މަސައްކަތަކީ ޖަވާބު ދާރީ ކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލަން އުޅުމެވެ.

އެކަން އެންމެ ފަހުން، އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިސަރުކާރު ވައްޓާލަން ކެރިގެން މަގުމައްޗަށް ނިކުންނާނެ ކަމަށާއި ހަތިޔާރުތައް ތޫނުކޮށްގެން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ލަތީފު ދެއްކެވި ވާހަކައަށް އެކަނި ބަލާލިއަސް އެނގިގެންދާނެއެވެ.

މިސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިދިކޮޅު ފަރާތްތަކުން ރައީސް ޞާލިހަށް އަމާޒުކުރައްވާ ރައީސް ޞާލިހަކީ ގާބިލްކަން ނެތް ވެރިކަން ހިންގަން ނޭންގޭ ވެރިޔެއްކަން އިރުއިރުކޮޅާ ޕޯޑިއަމްތަކުގައި ދެއްކެވިއަސް މި ސަރުކާރުން އެ ފުރުސަތު ވަނީ އިދިކޮޅުފަރާތްތަކަށް ދީފައެވެ. ޔާމީނު ގޮތަށް އެ ވާހަކަ ދައްކާ މީހަކު ކުޑަ ގޮޅިއަކަށް ނުލައެވެ. ސަރުކާރުން ގޯސްކަމެއް ކުރާނަމަ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތްކުރުމަކީ މައްސަލަ އެއް ނޫނެވެ. ހިތުހުރިހާ ވަހަކައެއް ދައްކާއިރު ޓެރަރިޒަމްގެ އަމަލު ހިންގޭއިރުވެސް އިދިކޮޅު ފަރާތްތަކަށް ނޭނގެއެވެ.

2008 ވަނަ އަހަރުސުރެން އެމްޑީޕީ ސަރުކާރަކާއި ދެކޮޅަށް އިދިކޮޅަށް ތިއްބަވާ ފަރާތްތަކުން ދައްކާ ވާހަކައަކީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ރާއްޖެގައި މިނިވަންކަމާއެކު ، އުޅެވޭނެ ގޮތް ހަދަން އުޅޭ ވާހަކައެވެ. ސަރުކާރުގެ އިސްފަރާތްތައް ނުވަތަ އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތައް ލާދީނީ ޓެގް އެޅުވުން ނޫން ކަމެއް ނުކުރެއެވެ. 2012 ގައި ބަޢާވާތްކޮށް ވެރިކަން ވައްޓާލި ގޮތަށް ، މިފަހަރު އެކަންކުރަން އުޅުނަސް ރައްޔިތުން އެ ޖާގަ ނުދޭނެކަން ކަށަވަރެވެ. ބަދަލެއް ނުވާ ޕްލޭނަކާއެކު އަނެއްކާވެސް ފީނައި ދައްކާ ވާހަކަތައް ތަކުރާރުކުރިޔަސް އިދިކޮޅު ފަރާތްތަކުގައި ތިއްބެވި ފަރާތްތަކަކީ ދައްކާ ވާހަކައެއްގެ އޮއްޓަރު ހުންނަ ބައެއް ނޫނެވެ.

ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި ބޭފުޅާއަށް ފަސްފަހެތިން އިއްވި ހުކުމަށްފަހު، މިނިވަންކުރުމަށް ގޮވާލަމުންދިޔައިރު، ކޮންމެ ރެޔަކުވެސް ނިކުމެ ސަރުކާރު ވައްޓާލާނެކަމަށް ބުނެ އިންޒާރުތައްވެސް ދެމުންގެންދިޔައެވެ. ފެށި މުޒާހަރާތަކާއެކު މުޅި ރާއްޖޭގައި އެއްވުންތައް ބާއްވައި، ޔާމީން މިނިވަން ނުކުރަނީސް ގެޔަށް ނުވައްނާނެކަމަށްވެސް ބުނެ، މޮޅެތި ނަންނަމުގައި އެއްވުންތައް ބާއްވަން ބުނި ފަރާތްތަކަށް އެކަމެއްވެސް ނުވިއެވެ. މުޅި ރާއްޖޭގައި ސިލްސިލާކޮށް ބާއްވާނެކަމަށް ބުނި މުޒާހަރާތަކެއް ނުފެނެ އެވެ. ކޮންމެ ހަފްތާއަކު ކާނިވާ ސަރަހައްދުގައި ބާއްވާނެކަމަށް ބުނި ޖަލްސާތައްވެސް ހުއްޓިއްޖެއެވެ. ދެދޮރު ދޭތެރެއިން މަޝްއޫރުކަން ހޯދި އެއްވުންތައްވެސް ނިމުމަކަށް އައިސް އެއްވުންތަކުގެ ފޯރި ކެނޑި އެއްވާނެ މީހަކު ނުވެ ސަރުކާރު ވައްޓާލާނެކަމަށް މުހާތަބްކުރައްވަނީވެސް ހުސް ގޮނޑިތަކާއެވެ. .

ރައްޔިތުން ގުނބޯ ހައްދަން އުޅޭ ކޮންމެ ފަހަރަކުވެސް ފެއިލްވެ އަތަށް ގޮވުން ނޫން ކަމެއް ނުވެއެވެ. ހިނި ވެސް ފަރުބަދަ ކަނޑައެވެ. އެހެނަސް ފެއިލް ވެ އިތުބާރު ގެއްލި ރައްޔިތުން އިތުބާރެއް ނެތް ބަޔަކަށް ވެއްޓޭނެ ވެރިކަމެއް ނޯންނާނެއެވެ. . ރައްޔިތުންނަށް ވުރެ މާ ހުޝިޔާރެވެ. ރައްޔިތުންގެ އާދޭހެއް އިދިކޮޅު ފަރާތްތަކަށް އެބައޮތެވެ. ނުފޯރާފޮތިން ފޫގަޅަން ނޫޅޭށެވެ. ހުވަފެން ބަލަން ތިބެ ކޮސް އަނަގަތަޅާއިރު ސަރުކާރުން އެ ދައްކާ ވާހަކަތަކަށް ނުސިހެއެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށެވެ. އެކަން ކުރަނީ ޔާމީން ކުރެއްވި ގޮތަށް، ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށް ރައްޔިތުންގެ ފައިސާއިން ހިޔާނާތްތެރިވެގެނެއް ނޫނެވެ. ވައުދުތައް ފުއްދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
52%
5%
38%
0%
0%
ކޮމެންޓް
9 ޖެނުއަރީ 2020 | ބުރާސްފަތި 06:56
ސީތޭރަ
ދާނިސް އަށް ކިހާވަރަކަށް ދީގެން ރިޕޯޓް ތައްޔާރު ކޮއްދިނީ? ވާނުވާނޭންގި ތިއުޅެނީ ކޮސްގޮވަނީ
7 ޖެނުއަރީ 2020 | އަންގާރަ 01:52
ޢަސްދަނޑި/މާލެ
ޢެހެންވެ ދައުލަތުގެފައިސާ ރަޢްޓެހީންނަށްބަހާނަގަނީ އެއޭ ވައްކަން
6 ޖެނުއަރީ 2020 | ހޯމަ 15:04
ޢަހު
ޥެރިކަން ވައްޓާލުމުގެ ކުރިން ވެއްޓިދާނެ ކަމައް ބިރުން ރޫރޫ ތިއަޅަނީ މީހުން މަދުވިޔަސް ﷲ ގެ ނިންމެވުން އެގޮތައް އައިސްފި ނަމަ ވެއްޓޭނެ ފިލަން ދުވާނެ ތަނެއް ނޯންނާނެ ވަންނާނެ އޮފީހެއްވެސް ސަލާމަތް ކުރާނެ ބޮޑީ ގާރޑެއްވެސް އެދުވަހަކުން ނޯންނާނެ