ބުދަ 19 ފެބުރުއަރީ 2020
ހިޔަވިހާ 6
1441 ޖުމާދުލް އާހިރަތު 25
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34
ދުނިޔެ - އިރާނު

ސުލައިމާނީގެ ހަށިގަނޑު އިރާނަށް ގެނެސްފި

  • އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުން ސުލައިމާނީގެ ހަށިގަނޑު މިހާރު ވަނީ މަޝްހަދު ސިޓީއަށް ގެންދިޔުމުގެ މަގުމަތީގައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 5 ޖެނުއަރީ 2020 | އާދީއްތަ 14:18 4,477

އިރާނުގެ ރައްޔިތުން ސުލައިމާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް މަގުތަކަށް ނިކުމެފައި - އަލްޖަޒީރާ

މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ޙަމަލާދީ އަވަހާރަކޮށްލި އިރާނުގެ ސަލާމަތީ ބާރުގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ ހަށިގަނޑު އީރާނަށް ގެނެސްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކުރާ ގޮތުން ސުލައިމާނީގެ ހަށިގަނޑު މިހާރު ވަނީ މަޝްހަދު ސިޓީއަށް ގެންދިޔުމުގެ މަގުމަތީގަ އެވެ. އާދީއްތަ ދުވަހު ސުލައިމާނީގެ ހަށިގަނޑު އެންމެ ފުރަތަމަ ގެނައީ އިރާނުގެ ހުޅަނގު ދެކުނު އަހްވަޒް އަށެވެ. އެއަށްފަހު ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އިރާނުގެ އެންމެ މުޤައްދަސް ތަން ކަމަށްވާ އިމާމް ރެޒާގަ އެވެ. މިތަނަކީ އިރާނުގެ އަށް ވަނަ އިމާމަށް ނިޞްބަތްވާ ތަނެކެވެ. އެޞަރަޙައްދުގަ ހުންނަ އެންމެ ބޮޑު މިސްކިތް ހުންނަ ތަނަކީ އެތަނެކެވެ. އެސަރަހައްދަށް އާންމުން ޖަމާވަމުންދާކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ސުލައިމާނީގެ ހަށިގަނޑު ގެންނަ ތަން ވަގުތުން ދައްކަމުންދާއިރު އެތައް ހާސް ބަޔަކު ވަނީ ކަޅު ހެދުން ލައިގެން ސުލައިމާނީއަށް އެންމެ ފަހުގެ އިޙުތިރާމް އަދާކުރުމަށް މަގުތަކަށް ނިކުމެފަ އެވެ. މީގެއިތުރުން އެމީހުން ތިބީ ފެއްސާއި ރަތާއި ހުދު ކުލައިގެ ދިދަތައް ހިފައިގެންނެވެ. މިކުލަތައް ރަމްޒުކޮށްދެނީ ޝަހީދުންގެ ލޭ ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. އަލްޖަޒީރާއިން ބުނާގޮތުން ސުލައިމާނީ ގެ މައްޗަށް ކަށުނަމާދުކޮށް ފަސްދާނަލުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އޭނާގެ އުފަންވެވަޑައިގެންނެވި ކަރްމަންގައެވެ. އޭގެކުރިން ހޯމަ ދުވަހު ސުލައިމާނީގެ ހަށިގަނޑު ތެހެރާން އަށް ގެންދާނެކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ހޮނިހިރު ދުވަހުވެސް މަގުތަކަށް ނިކުމެ އެމެރިކާއާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚަމަނާއީ އަށްފަހު އިރާނުގައި އެންމެ ބާރުގަދަ މީހަކީ ސުލައިމާނީ އެވެ. އެހެންކަމުން ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ޚަމަނާއީ ވަނީ އެކަމުގެ ބަދަލު ވޭންދެނެވި ގޮތަކަށް ހިފާނެކަމަށް ބުނެފަ އެވެ. އަދި ތިން ދުވަސް، ޤައުމީ ހިތާމައިގެ ދުވަސްތަކުގެ ގޮތުގައި ފާހަގަކުރުމަށް ޚަމަނާއީ ވަނީ ނިންމާފަ އެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެޞަރަޙައްދުގެ މަޝްރަހު ނުތަނަވަސްވެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ 52 ޞަރަޙައްދެއް ފާހަގަކޮށްފައިވާކަމަށެވެ. އަދި އީރާނުން ބަދަލުހިފުމުގެ ރޫޙެއްގަ އެމެރިކާއަށް، އެމެރިކާގެ ރައްޔިތަކަށް، ނުވަތަ އެމެރިކާގެ އިހުތިޞާޞް ހިމެނޭ ޞަރަހައްދަކަށް ޙަމަލާދީފިނަމަ އެމެރިކާއިން ފާހަގަކޮށްފައިވާ އީރާނުގެ ޞަރަޙައްދުތަކަށް ޙަމަލާދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް